ކަންތައްތައް ފަހިވެގެންވުން

46- ޢާއްމު މާނާގައި ޤަދަރުގެ ހެޔޮމިންވަރާއި ޤަދަރުގެ ނުބައިމިންވަރު ވެސް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފަރާތުން ހެއްޔެވެ؟

ޖަވާބު: ޢާއްމު މާނާގައި ޤަދަރުގެ ހެޔޮމިންވަރާއި ޤަދަރުގެ ނުބައިމިންވަރު ވެސް ވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ގެ ފަރާތުންނެވެ. ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ” كُنَّا فِي جَنَازَةٍ فِي بَقِيعِ الْغَرْقَدِ ، قَالَ : فَأَتَانَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَعَدَ وَقَعَدْنَا حَوْلَهُ ، وَمَعَهُ مِخْصَرَةٌ ، فَنَكَسَ رَأْسَهُ فَجَعَلَ يَنْكُتُ بِمِخْصَرَتِهِ ، ثُمَّ قَالَ :” مَا مِنْكُمْ مِنْ نَفْسٍ مَنْفُوسَةٍ إِلا وَقَدْ كُتِبَ مَكَانُهَا مِنَ الْجَنَّةِ وَالنَّارِ ، وَإِلا وَقَدْ كُتِبَتْ شَقِيَّةً أَوْ سَعِيدَةً ” فَقَالَ رَجُلٌ : يَا رَسُولَ اللَّهِ ، أَفَلا نَتَّكِلُ عَلَى كِتَابِنَا وَنَدَعُ الْعَمَلَ ، فَمَنْ كَانَ مِنَّا مِنْ أَهْلِ السَّعَادَةِ فَسَيَصِيرُ إِلَى عَمَلِ أَهْلِ السَّعَادَةِ ، وَمَنْ كَانَ مِنَّا مِنْ أَهْلِ الشَّقَاءِ فَسَيَصِيرُ إِلَى عَمَلِ أَهْلِ الشَّقَاوَةِ ؟ فَقَالَ : ” اعْمَلُوا ، فَكُلٌّ مُيَسَّرٌ لِعَمَلِهِ ، أَمَّا أَهْلُ السَّعَادَةِ فَيُيَسَّرُونَ لِعَمَلِ أَهْلِ السَّعَادَةِ ، وَأَمَّا أَهْلُ الشَّقَاوَةِ فَيُيَسَّرُونَ لِعَمَلِ أَهْلِ الشَّقَاوَةِ ، ثُمَّ قَرَأَ : فَأَمَّا مَنْ أَعْطَى وَاتَّقَى { 5 } وَصَدَّقَ بِالْحُسْنَى { 6 } فَسَنُيَسِّرُهُ لِلْيُسْرَى { 7 } وَأَمَّا مَنْ بَخِلَ وَاسْتَغْنَى { 8 } وَكَذَّبَ بِالْحُسْنَى { 9 } فَسَنُيَسِّرُهُ لِلْعُسْرَى (رواه البخاري ومسلم)  މާނަ: “ބަޤީޢުލް ޣަރްޤަދުގައި ތިމަންމެން ޖަނާޒާއެއްގެ ކަންތައްތަކުގައި ވީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެން އިށިއިނދެވަޑައިގަތެވެ. ދެން ތިމަންމެންވެސް އެކަލޭގެފާނުގެ ވަށައިގެން އިށިއިނދެފީމެވެ. އެކަލޭގެފާނުގެ އަތްޕުޅުގައި ދަނޑިކޮޅެއް އޮތެވެ. އެކަލޭގެފާނު އިސްދަށަށް ޖެއްސެވިއެވެ. އެދަނޑިކޮޅުން ބިންމަތީގައި ކުޑަކޮށް ކޮނެލެއްވިއެވެ. އޭގެފަހުގައި ޙަދީޘްކުރެއްވިއެވެ. “ނަފްސުތަކުގެ ތެރެއިން އޭގެ މަޤާމު ސުވަރުގޭގައި ވާނަމަ ސުވަރުގޭގައި، ނަރަކާގައި ވާނަމަ ނަރަކާގައިކަމަށް ނުލިޔުއްވާ އެއްވެސް ނަފްސެއްނުވެއެވެ.” މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެހެންވިއްޔާ އަހަރެމެން އެކަމަށް ބަރޯސާކޮށް ޢަމަލުކުރުން ދޫކޮށްލަންވީތޯއެވެ؟ އަހަރެމެންގެ ތެރެއިން އުފާވެރިކަމުގެ އަހުލުވެރިން (ސުވަރުގޭގެ އަހުލުވެރިން) އުފާވެރިކަމުގެ އަހުލުވެރިންގެ ޢަމަލުތައް ކުރާބަޔަކުކަމުގައި ވާނެއެވެ. އަހަރެމެންގެ ތެރެއިން ހިތާމަވެރިކަމުގެ އަހުލުވެރިން(ނަރަކައިގެ އަހުލުވެރިން) ހިތާމަވެރިކަމުގެ އަހުލުވެރިންގެ ޢަމަލުތައް ކުރާބަޔަކު ކަމުގައި ވާނެއެވެ. ޙަދީޘްކުރެއްވިއެވެ. “ނޫނެކެވެ. ޢަމަލުކުރާށެވެ. ފަހެ ކޮންމެ މީހަކަށް އޭނާ އެކަމަށްޓަކައި ހެއްދެވުނު ކަމެއް ވަނީ ފަހިވެގެންނެވެ. އުފާވެރިކަމުގެ އަހުލުވެރިން ދަންނައެވެ. އެބައިމީހުންނަށް އުފާވެރިކަމުގެ އަހުލުވެރިންގެ ޢަމަލުތައް ވަނީ ފަހިވެގެންނެވެ. ހިތާމަވެރިކަމުގެ އަހުލުވެރިންނަށް ހިތާމަވެރިކަމުގެ އަހުލުވެރިންގެ ޢަމަލުތައްވަނީ ފަހިވެގެންނެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ. فَأَمَّا مَنْ أَعْطَى وَاتَّقَى { 5 } وَصَدَّقَ بِالْحُسْنَى { 6 } فَسَنُيَسِّرُهُ لِلْيُسْرَى { 7 } وَأَمَّا مَنْ بَخِلَ وَاسْتَغْنَى { 8 } وَكَذَّبَ بِالْحُسْنَى { 9 } فَسَنُيَسِّرُهُ لِلْعُسْرَى (الليل 5-9)  މާނަ: “ފަހެ ތިމާގެ މުދަ ހެޔޮގޮތުގައި ހޭދަކޮށް ޞަދަޤާތްކޮށް އަދި އެއާއެކު އޭނާ ތަޤްވާވެރިވެ * އަދި އޭނާ އެހޭދަކުރި މުދަލުގެ ސަވާބު ﷲ ދެއްވާނެކަމަށް ތެދުކޮށް ޔަޤީންކޮށް ނުވަތަ ﷲ ފިޔަވައި ޙައްޤުއިލާހަކު ނުވާކަމަށް ޤަބޫލުކޮށް ސުވަރުގެ ދެއްވާނެކަމުގައި ތެދުކޮށްހެދިމީހާ ދަންނައެވެ. *ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް އިސްލާމްދީނަށް އުޅެން ފަސޭހަކޮށްދެއްވާ ހުށީމެވެ. ނުވަތަ ސުވަރުގެއަށް ދެވޭނެގޮތް ފަސޭހަކޮށްދެއްވާ ހުށީމެވެ. * އަދި ތިމާގެ މުދަލަށް ދަހިވެތިވެ ހެޔޮގޮތުގައި މުދާ ހޭދަނުކޮށް ބަޚީލުވެ އަދި އާޚިރަތުގެ ދަރުމައާއި ޘަވާބު ފިޔަވައި ދުނިޔޭގެ އަރާމާއި މަޖަލަށް ފުދިގެންފިމީހާ * އަދި އޭނާގެ މުދާ ހެޔޮގޮތުގައި ހޭދަކުރީމާ އޭގެ ދަރުމައާއި ޘަވާބު ދެއްވާނޭކަމަށް ތެދުނުކޮށް އެކަށް ދޮގުކޮށް ނުވަތަ ﷲ ފިޔަވައި ޙައްޤު އިލާހަކު ނުވާކަމަށް ޤަބޫލުނުކޮށް ނުވަތަ ސުވަރުގެ ދެއްވާނެކަމުގައި ތެދުނުކުރިމީހާ ދަންނައެވެ. * ފަހެ ހަމަކަށަވަރުން ތިމަންރަސްކަލާނގެ އޭނާއަށް ހެޔޮކަންތައްތައް ކުރުމުގެ މަގު ދަތިކޮށް އުނދަގޫކޮށްލާ ހުށީމެވެ”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =