އަހަރެންނަށް ތިބާ ވަޞިއްޔަތްކުރަނީ ކޮންކަމަކަށް؟

50- އަހަރެންނަށް ތިބާ ވަޞިއްޔަތްކުރަނީ ކޮންކަމަކަށް؟

އަހަރެން ތިބާއަށް ނަޞީޙަތްތެރިވަނީ ތައުޙީދުގެ ޢިލްމު ހޯދައިގަތުމަށެވެ. އެޢިލްމުގައި ތިބާ ފިޤުހުވެރިވުމަށެވެ. އަދި ތައުޙީދާބެހޭގޮތުން ލިޔެފައިވާ ފޮތްތައް މުޠާލިޢާކުރުމަށެވެ. އެކަމަކައިގެން ރަސޫލުން ފޮނުއްވުނު ތައުޙީދުގެ ޙަޤީޤަތް ހަމަކަށަވަރުންވެސް އެފޮތްތަކުގެ ޛަރީޢާއިން ތިބާއަށް އެނގި ބަޔާންވެގެންދާނެއެވެ. އަދި ﷲ ޙަރާމްކުރައްވާފައިވާ ޝިރުކުގެ ބޮޑުފާފަ، އަދި އެއިލާހު ނުފުއްސަވާނެކަމަށް އަންގަވާފައިވާ ޝިރުކުގެ މިފާފައިގެ ޙަޤީޤަތްވެސް ތިބާއަށް އެނގި ބަޔާންވެގެންދާނެއެވެ. އަދި ޝިރުކުކުރާ މީހާގެ މައްޗަށް ސުވަރުގެ ޙަރާމްވެގެންވާކަމާއި އެކަންކުރާ މީހާގެ ޢަމަލުތައްވެސް ބާޠިލުވެގެންދާކަމާއި ތިބާއަށް އެނގި ހާމަވެގެންދާނެއެވެ. އެންމެ މުހިއްމުކަމަކީ ތައުޙީދުގެ ޙަޤީޤަތް މަޢުރިފާކޮށް ދެނެގަތުމެވެ. އެއީ އެކަމަކައިގެން ރަސޫލުން ފޮނުއްވުނު ތައުޙީދެވެ. އިންސާނާ މުސްލިމެއްކަމުގައި، ޝިރުކާއި އޭގެ އަހުލުވެރިންނާ އެއްކިބާވެފައިވާ މީހެއްކަމުގައި، ވެގެންދަނީ ހަމަ މި ތައުޙީދުގެ ސަބަބުންނެވެ.

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =