އަލް އިމާމް ޙަސަނުލްބަޞަރީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.
يا ابن آدم أنت أيام، كلما ذهب يوم منها ذهب بعضك، ويوشك إذا ذهب بعضك أن يذهب كلك وأنت لا تعلم، فاعمل، فاليوم عمل ولا حساب، وغدا حساب ولا عمل“އޭ އާދަމުގެ ދަރިއާއެވެ! ތިބާއަކީ ދުވަސްތަކެކެވެ. އޭގެން ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ތިބާއިން މަދުވެގެންދާ ބައެކެވެ. އަދި ތިބާ އަށް ނޭނގި، ދުވަސްތައް މަދުވަމުން މަދުވަމުންގޮސް، ތިބާއާ ނިމުން ކައިރިވެދާނެއެވެ. ހެޔޮ ޢަމަލުކުރާށެވެ. އެހެނީ މިއަދު އޮތީ ޢަމަލެވެ. ޙިސާބެއް ނެތެވެ. އަދި މާދަމާ އޮތީ ޙިސާބެވެ. ޢަމަލެއް ނެތެވެ.”

އަލްއިމާމް ޙަސަނުލް ބަޞަރީ ރަޙިމަހުﷲގެ މި ކުރު އެހެނަސް އަސަރުން ފުރިގެންވާ ބަސްފުޅަކީ އަހަރެމެން މުސްލިމުންނަށް ހާދަ މުހިއްމު ބަސްފުޅެކެވެ. ތިބާގެ ޙަޔާތުން ފާއިތުވެގެންދާ ކޮންމެ ސިކުންތަކީ ތިބާ ކުޑަކުޑަ ގޮޅިއަކާ ކައިރި ކުރުވަނިވި ސިކުންތެކެވެ. ތައްޔާރުވާންވީ އެ ދުވަހަށެވެ. އެދުވަހަށްޓަކައި ތައްޔާރުވުމުގެ ވަޤުތަކީ މިއަދެވެ. މިއަދަކީ އަހަރެންނަށް މުޅި ޙަޔާތުގައިވެސް އެންމެ މުހިއްމު ދުވަހެވެ.