ކީރިތި ޤުރްއާން ބާވައިލެއްވުން

ކީރިތި ޤުރްއާން ބާވައިލެއްވުމޭ ބުނެވޭ ބަހުގެ މުރާދު

ކީރިތި ޤުރްއާން ބާވައިލެއްވުމޭ ބުނެވޭ ބަހުގެ މުރާދަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، އުޑުން، ބިމަށް ކީރިތި ޤުރްއާން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވުމެވެ.

ކީރިތި ޤުރްއާން ބާވައިލެއްވުމުގެ މަރްޙަލާ އަދި އޭގެ ޙިކުމަތްތައް

1- ލައުޙުލް މަޙްފޫޡުން ދުނިޔޭގެ އުޑަށް ބާވައިލެއްވި ބާވައިލެއްވުން (މި ބާވައިލެއްވުން ބާވައިލެއްވުނީ އެއްފަހަރާއެވެ.)

އެކުގައި ކީރިތި قرآنބާވައިލެއްވުމުގެ ޙިކުމަތްތައް.

ހ- މާތްﷲގެ ކަށަކުޅަދުންވަންތަކަން ހާމަކުރެއްވުން.

ށ- މަތްﷲއީ އެންމެހާ ކަންތައްތައް ހިނގާނޭމަގު، ދެނެވޮޑިގެންވާ އިލާހުކަން ހަމަކުރެއްވުން.

ނ- އެހެންކަމުން މީސްތަކުން ކުރާނެ ޢަމަލުތައް އެޢަމަލެއް އުފަންވުމުގެމާކުރިން ދެނެވޮޑިގެންވެ، އެފަދަ ޢަމަލުތަކަށް ރައްދު ޙުކުމްތައްކަނޑައަޅުއްވާފައި ވެއެވެ.

ރ- ކީރިތި ޤުރްއާންގެ މުޢުޖިޒާތް ވަންތަކަށް އިތުރަށް ހާމަވުން.

ބ- ކޮންމެ އިންސާނަކީވެސް ޤުރްއާނުގެ ހިދާޔަތަށް ބޭނުންވާ މީހެއްކަން ހާމަ ކުރެއްވުން.

2- ދުނިޔޭގެ އުޑުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާވައިލެއްވި ބާވައިލެއްވުން (މި ބާވައިލެއްވުން ބާވައިލެއްވުނީ ވަކިވަކީން އެކި ދުވަސްމަތީންނެވެ.)

 

ކީރިތި ޤުރްއާން ވަކިވަކިން ބާވައިލެއްވުމާއި އޭގެ ޙިކުމަތްތައް

1- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޘާބިތުކަން ދެއްވުން

  • މޭފުޅު ތަނަވަސް ވުން
  • ހިތު ދަސްކުރަން ފަސޭހަވުން
  • ޢަދާވާތްތެރިކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އާޔަތެއް ބާވައިލެއްވުމުން ތަސައްލީ ހިތަށް ލިބުން

2- ތަރުބަވީ ފައިދާތައް (އުންމަތް ތަރުބިއްޔަތު ކުރުން)

  • ހިތުދަސްކުރަން ފަސޭހަވުން
  • ފަހުމްވުމަށް ފަސޭހަވުން
  • އެޖަސްޓުވުމަށް (އާދަވުމަށް) ފަސޭހަވުން،
  • ދީނުގެ ޝިޢާރުތައް ބުރަ ނުވެ ފިޔަވަޅަކުން ފިޔަވަޅަކުން ޝަރްޢުވަމުން ދިޔުން ނަމާދު ރޯދަ ޒަކާތް ޖިހާދު
  • ބާޠިލު ޢަޤީދާތައް ޠާހިރު ކުރެއްވުން ފިޔަވަޅަކުން ފިޔަވަޅަކުން

3- ފާޅުވަމުންދާ ކަންކަމާ ގުލޭގޮތުން އިލާހީ އިރުޝާދު ލިބުން

  • ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ހުށަހެޅޭ ސުވާލު ތަކުގެ ޖަވާބު ލިބުން
  • ޙާދިޘާއެއް ކުރިމަތިވުމުން ވަގުތުން އެކަމުގެ ޙުކުމް ބަޔާންވުން
  • މުޝްރިކުންނަށް ރައްދު ދެއްވުން – ޝުބުހަތަކަށް ފަހަރަކު ރައްދެއް
  • މުސްލިމުންނަށް ކުރެވޭ ކުށްތައް ބަޔާންކުރެއްވުމާއި ރަނގަޅު ގޮތް ބަޔާންކުރެއްވުން
  • މުނާފިޤުން ފާޅުކުރެއްވުން

 

މަރްޖިޢު

المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار

المقدمات الأساسية في علوم القرآن  عبد الله بن يوسف الجديع