އެންމެ ފަހުން ބާވައިލެއްވުނު އާޔަތް

މި މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އެންމެ މަޝްހޫރު ބަސްފުޅުތައް ތިރީގައި އެވަނީއެވެ.

އެ ރިވާޔަތްތަކަކީ

1 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَذَرُوا مَا بَقِيَ مِنَ الرِّبا – البقرة 278 -ابْنُ عَبَّاسٍ
2 وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ ) البقرة 281.
عِكْرِمَةُ عَنِ ابْنِ عَبَّاسٍ-
3 لَقَدْ جَاءَكُمْ رَسُولٌ مِنْ أَنْفُسِكُمْ ) إِلَى آخِرِ السُّورَةِ – التوبة 128 – عَنْ أُبَيِّ بْنِ كَعْبٍ
4 فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لَا أُضِيعُ عَمَلَ عَامِلٍ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ بَعْضُكُم مِّن بَعْضٍ فَالَّذِينَ هَاجَرُوا وَأُخْرِجُوا مِن دِيَارِهِمْ وَأُوذُوا فِي سَبِيلِي وَقَاتَلُوا وَقُتِلُوا لَأُكَفِّرَنَّ عَنْهُمْ سَيِّئَاتِهِمْ وَلَأُدْخِلَنَّهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ثَوَابًا مِّنْ عِندِ اللَّهِ وَاللَّهُ عِندَهُ حُسْنُ الثَّوَابِ آل عمران- 195- أم سلمة- مجاهد- ابن مردوية

5 وَمَن يَقْتُلْ مُؤْمِنًا مُّتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا – النساء 93 -عبد الله بن عباس
6 يَسْتَفْتُونَكَ قُلِ اللَّهُ يُفْتِيكُمْ فِي الْكَلالَةِ) – النساء 176 -الْبَرَاءُ بْنِ عَازِبٍ
7 آية الدين- البقرة 282 -سعيد بن المسيب
8 قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ ۖ فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا – الكهف 110- معاوية بن أبي سفيان

ނޯޓް: އާޔަތުގެ ފަހުކޮޅުގައި ލިޔެފައިއެވަނީ ރިވާޔަތް ރިވާކުރެއްވި ޞަޙާބީގެ ނަމެވެ.

މި މައްސަލައަކީ ޞަޙާބީންގެ މެދުގައިވެސް ޚިލާފުވެފައިވާ ކަމެކެވެ.
ސަބަބަކީ އެކި ބޭކަލުން ޛިކްރު ކުރައްވަނީ އެބޭކަލަށް އެންމެފަހުން އަޑުއިވުނު އާޔަތް ކަމަށް ބެލެވޭ އާޔަތްކަމުގައިވާތީއައި މިކަމުގެ ޢިލްމު އެކިބޭފުޅުންގެ ހުރީ އެކި މިންވަރަށް ކަމުގައިވުމެވެ.
މި މައްސަލާގައި ރާޖިޙުވެގެންވާ ބަސްފުޅަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވާ، އެ އާޔަތަކީ ބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތްކަމުގައި ބުނެވޭ ބަސްފުޅެވެ. އެ އާޔަތަކީ
وَاتَّقُوا يَوْمًا تُرْجَعُونَ فِيهِ إِلَى اللَّهِ ثُمَّ تُوَفَّى كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ ) البقرة 281.

 

– އެންމެ ފަހުން ބާވައިލެއްވުނު ސޫރަތް
1  بَرَاءَةٌ -الْبَرَاءُ بْنِ عَازِبٍ
2 سورة النصر ( إذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ -ابن عباس
3 المائدة -عائشة

މި މައްސަލާގައި ރާޖިޙުވެގެންވާ ބަސްފުޅަކީ ސޫރަތުއް ނަޞްރު ކަމުގައި ބުނެވޭ ބަސްފުޅެވެ.

 

މަރްޖިޢު
المحرر في علوم القرآن الكريم. تأليف: د. مساعد بن سليمان بن ناصر الطيار
المقدمات الأساسية في علوم القرآن عبد الله بن يوسف الجديع