الْقَاعِدَةُ الأُولَى
أَنْ تَعْلَمَ أَنَّ الْكُفَّارَ الَّذِينَ قَاتَلَهُمْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مُقِرُّونَ بِأَنَّ اللهَ تَعَالَى هُوَ الْخَالِقُ، الْمُدَبِّرُ، وَأَنَّ ذَلِكَ لَمْ يُدْخِلْهُمْ فِي الإِسْلامِ؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالأَرْضِ أَمَّن يَمْلِكُ السَّمْعَ والأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيَّتَ مِنَ الْحَيِّ وَمَن يُدَبِّرُ الأَمْرَ فَسَيَقُولُونَ اللّهُ فَقُلْ أَفَلاَ تَتَّقُونَ ﴾
ފުރަތަމަ ޤަވާޢިދު
އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބަޔަކާ ހަނގުރާމަކުރެއްވި ކާފިރުން، އެބައިމީހުންގެ އުފެއްދެވި ފަރާތަކީ އަދި އެބައިމީހުންގެ ކަންތައްތައް ތަދުބީރުކުރައްވާ ފަރާތަކީ ﷲ ތަޢާލާ ކަމުގައި އިޤްރާރުވިކަމުގައިވީ ނަމަވެސް އެބައިމީހުން އިސްލާމްކަމުގެ ތެރެއަށް ނުވަންނަކަން ތިބާ ދެނެގަތުމެވެ. އެކަމުގެ ދަލީލަކީ ﷲ ތަޢާލާގެ މިބަސްފުޅެވެ. ﴿ قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ ﴾ [يونس31] މާނައީ: މާނަ: “ކަލޭގެފާނު ވިދާޅުވާށެވެ! އުޑާއިބިމުން ތިޔަބައިމީހުންނަށް ރިޒްޤުދެއްވަނީ ކާކުތޯއެވެ؟ ނުވަތަ އިވުމާއި ފެނުންތައް މިލްކުވެ ޚާއްޞަވެގެންވަނީ ކާކަށްތޯއެވެ؟ އަދި މަރުވެފައިވާ ތަކެތީން ދިރޭތަކެތި، އަދި ދިރޭތަކެތީގެ ތެރެއިން މަރުވެފައިވާ ތަކެތި ނެރުއްވައި އަދި ކަންތައްތައް ތަދުބީރުކުރައްވަނީ ކާކުތޯއެވެ؟ (އޭގެ ޖަވާބުގައި) އެމީހުން ބުނާނެއެވެ. އެއީ ﷲ އެވެ. ފަހެ ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ފަހެ ބިރުވެތިނުވަނީ ހެއްޔެވެ؟”
(ނުނިމޭ)