الْقَاعِدَةُ الثَّانِيَةُ

أَنَّهُمْ يَقُولُونَ: مَا دَعَوْنَاهُمْ وَتَوَجَّهْنَا إِلَيْهِمْ إِلا لِطَلَبِ الْقُرْبَةِ وَالشَّفَاعَةِ، فَدَلِيلُ الْقُرْبَةِ؛ قَوْلُهُ تَعَالَى: ﴿ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَآءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لاَ يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴾. وَدَلِيلُ الشَّفَاعَةِ، قَوْلُهُ تَعَالَى: ﴿ وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاءِ شُفَعَاؤُنَا عِندَ اللّهِ ﴾.

 ދެވަނަ ޤަވާޢިދު

އެބައިމީހުން ބުނެއެވެ. ކުއްތަންވުމާއި ޝަފާޢަތް އެދިގެން މެނުވީ އަހަރެމެން އެތަކެއްޗަށް ދުޢާ ދަންނަވައި އެތަކެތި ޤަޞްދުކޮށް ނުހަދަމެވެ. ކުއްތަންވުމުގެ ދަލީކަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު ﴿ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَآءَ مَا نَعْبُدُهُمْ إِلاَّ لِيُقَرِّبُونَا إِلَى اللَّهِ زُلْفَى إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ إِنَّ اللَّهَ لاَ يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ﴾ (الزمر 3) މާނަ: “ﷲ ގެ ޙަޟްރަތަށް ތިމަންމެން ކުއްތަންކޮށްދިނުމަށްމެނުވީ، ތިމަންމެން އެތަކެއްޗަކަށް އަޅުކަމެއް ނުކުރަމެވެ. ހަމަކަށަވަރުން، އެއުރެން އެކަމާމެދު ޚިލާފުވެގެންއުޅޭ ކަންތަކާދޭތެރޭގައި ﷲ، އެއުރެންގެ މެދުގައި ޙުކުމްކުރައްވާނެއެވެ. ހަމަކަށަވަރުން، ދޮގުހަދާ ކާފިރަކަށް ﷲތެދުމަގެއް ނުދައްކަވާނެއެވެ.” ޝަފާޢަތުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު ﴿ وَيَعْبُدُونَ مِن دُونِ اللّهِ مَا لاَ يَضُرُّهُمْ وَلاَ يَنفَعُهُمْ وَيَقُولُونَ هَـؤُلاءِ شُفَعَاؤُنَا عِندَ اللّهِ ﴾. (يونس 18) އެއުރެން ﷲ ފިޔަވައި އަޅުކަންކުރަނީ، އެއުރެންނަށް ގެއްލުމެއްވެސް ނުދެވޭ، އަދި އެއުރެންނަށް މަންފާއެއްވެސް ނުދެވޭ ތަކެއްޗަށެވެ. އަދި އެއުރެން ބުނެއެވެ. މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.

 وَالشَّفَاعَةُ شَفَاعَتَانِ: شَفَاعَةٌ مَنْفِيَّةٌ، وَشَفَاعَةٌ مُثْبَتَةٌ. فَالشَّفَاعَةُ الْمَنْفِيَّةُ: مَا كَانَتْ تُطْلَبُ مِنْ غَيْرِ اللهِ فِيمَا لا يَقْدِرُ عَلَيْهِ إِلا اللهُ؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ يَا أَيُّهَا الَّذِينَ آمَنُواْ أَنفِقُواْ مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لاَّ بَيْعٌ فِيهِ وَلاَ خُلَّةٌ وَلاَ شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ ﴾.

وَالشَّفَاعَةُ الْمُثْبَتَةُ: هِيَ الَّتِي تُطْلَبُ مِنَ اللهِ ، وَالشَّافِعُ مُكَرَّمٌ بِالشَّفَاعَةِ، وَالْمَشْفُوعُ لَهُ مَنْ رَضِيَ اللهُ قَوْلَهُ وَعَمَلَهُ بَعْدَ الإِذْنِ ؛ كَمَا قَالَ تَعَالَى: ﴿مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ﴾.

 ޝަފާޢަތްވަނީ ދެޝަފާޢަތަށެވެ. އެއީ ނަފީކުރެވިގެންވާ ޝަފާޢަތު (ޙަރާމް ޝަފާޢަތު) އާއި ޘާބިތުކުރެވިގެންވާ ޝަފާޢަތު (ޙަލާލު ޝަފާޢަތު) އެވެ. ނަފީކުރެވިގެންވާ ޝަފާޢަތަކީ ﷲ ނޫން އެހެންފަރާތަކަށް އެކަމެއްކުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ ކަމެއްގައި ﷲ ނޫން ފަރާތަކުން އެދުމެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُواْ أَنفِقُواْ مِمَّا رَزَقْنَاكُم مِّن قَبْلِ أَن يَأْتِيَ يَوْمٌ لاَّ بَيْعٌ فِيهِ وَلاَ خُلَّةٌ وَلاَ شَفَاعَةٌ وَالْكَافِرُونَ هُمُ الظَّالِمُونَ ﴾ (البقرة 254) މާނަ: “އޭ އީމާންވި މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ތިމަންﷲ ދެއްވި ރިޒްޤުން ތިޔަބައިމީހުން ހޭދަކުރާށެވެ! (އެއީ) ދުވަހެއް އައުމުގެ ކުރިންނެވެ. އެދުވަހުގައި ވިޔަފާރިކުރުމެއް (ފިދުޔަދީގެން ސަލާމަތްވުމެއް) ނުވެއެވެ. އަދި ރަޙުމަތްތެރިކަމެއްވެސް ނުވެއެވެ. އަދި ޝަފާޢަތްތެރިކަމެއްވެސް ނުމެވޭމެއެވެ. ކާފިރުންނަކީ ހަމަ އަނިޔާވެރިންނެވެ.”

ސާބިތުކުރެވިގެންވާ ޝަފާޢަތަކީ ﷲގެ ޙަޟްރަތުން އެދެވޭ ޝަފާޢަތެވެ. އަދި ޝަފާޢަތްތެރިވާ ފަރާތް ޝަފާޢަތުގެ ސަބަބުން ކަރާމާތްތެރިކުރެއްވިގެން ވެއެވެ. (މާތްކުރެއްވިގެންވެއެވެ.) އަދި އެމީހަކަށްޓަކައި ޝަފާޢަތްތެރިވެވޭ މީހަކީ އެމީހެއްގެ ބަހާއި ޢަމަލަށް ﷲ ރުއްސަވާވެވޮޑިގެންފައިވާ މީހާއެވެ. އެއީ އެ އިލާހުގެ އިޛުނައަށް ފަހުގައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ. ﴿مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ﴾. (البقرة 255) މާނަ: “އެއިލާހުގެ ހަޟުރަތުގައި އެއިލާހުގެ އިޛުނައާ ނުލައި ޝަފާޢަތްތެރިވާނީ ކާކު ހެއްޔެވެ؟”

(ނުނިމޭ)