ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 6

رَبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيراً– الإسراء 24

އަޅުގެ ރައްބު! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް      ރަޙްމަތްލައްވާދޭނވެ!

رَبِّ أَدْخِلْنِي مُدْخَلَ صِدْقٍ وَأَخْرِجْنِي مُخْرَجَ صِدْقٍ وَاجْعَلْ لِي مِنْ لَدُنْكَ سُلْطَانًا نَصِيرًا– الإسراء 80

އަޅުގެ ރައްބު! މިއަޅާ ތެދުވެރި ތަނަކަށް ވައްދަވާނދޭވެ! އަދި ތެދުވެރި ތަނަކުން ނެރުއްވާނދޭވެ! އަދި އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް ނަޞްރުދެނިވި ބާރެއް ދެއްވާނދޭވެ!

الْحَمْدُ لِلَّهِ الَّذِي لَمْ يَتَّخِذْ وَلَدًا وَلَمْ يَكُنْ لَهُ شَرِيكٌ فِي الْمُلْكِ وَلَمْ يَكُنْ لَهُ وَلِيٌّ مِنَ الذُّلِّ وَكَبِّرْهُ تَكْبِيرًا– الإسراء 111

ޙަމްދުހުރީ ﷲ އަށެވެ. އެއިލާހީ ދަރިކަލަކު ނުހިއްޕަވާ އިލާހެވެ. އަދި  އެއިލާހުގެ ވެރިކަމުގައި ބައިވެރިވާނޭ އެކަކުވެސް ނުވެއެވެ. އަދި ނިކަމެތިކަމުން ސަލާމާތްކުރާނޭ ރައްކާތެރިއަށް އެއިލާހު ބޭނުންވެވޮޑިގެންނުވެއެވެ. އަދި ކަލޭގެފާނު ގިނަގިނައިން އެކަލާނގެއަށް ތަކްބީރު ވިދާޅުވާށެވެ!

رَبَّنَا آتِنَا مِنْ لَدُنْكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَداً-الكهف 10

އަޅަމެންގެ ރައްބު! އިބައިލާހުގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!

فَهَبْ لِي مِنْ لَدُنْكَ وَلِيًّا -مريم 5

ފަހެ، އިބައިލާހުގެ ޙަޟްރަތުން މިއަޅާއަށް ވަލީއަކު ދެއްވާނދޭވެ! (ދަރިއަކު ދެއްވާނދޭވެ)

رَبِّ اشْرَحْ لِي صَدْرِي* وَيَسِّرْ لِي أَمْرِي* وَاحْلُلْ عُقْدَةً مِّن لِّسَانِي، يَفْقَهُوا قَوْلِي- طه 25-29

އަޅުގެ ރައްބު! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާންދޭވެ. އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާންދޭވެ. އަދި މިއަޅާގެ ދުލުގައިވާ ގޮށް މޮއްސަވައިދެއްވާފާނދޭވެ (ދޫފަސޭހަކޮށްދެއްވާންދޭވެ). އެއީ ތިމަންކަލޭގެފާނުގެ ބަސް އެބައިމީހުންނަށް ވިސްނި، އެނގުމަށްޓަކައެވެ.

رَبِّ زِدْنِي عِلْمًا.– طه 114

އަޅުގެ ރައްބު! މިއަޅާއަށް ޢިލްމު އިތުރުކޮށްދެއްވާނދޭވެ!

(ނުނިމޭ)