ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ދުޢާތައް 8

رَبَّنَا اصْرِفْ عَنَّا عَذَابَ جَهَنَّمَ إِنَّ عَذَابَهَا كَانَ غَرَاماً * إِنَّهَا سَاءَتْ مُسْتَقَرّاً وَمُقَاماً-الفرقان65-66

އަޅަމެންގެ ރައްބު! ނަރަކައިގެ ޢަޛާބު، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ. * ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމުވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.

 رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا-الفرقان 74

އަޅަމެންގެ ރައްބު! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤުވާވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!

الَّذِي خَلَقَنِي فَهُوَ يَهْدِينِ (78) وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ (79) وَإِذَا مَرِضْتُ فَهُوَ يَشْفِينِ (80) وَالَّذِي يُمِيتُنِي ثُمَّ يُحْيِينِ (81) وَالَّذِي أَطْمَعُ أَنْ يَغْفِرَ لِي خَطِيئَتِي يَوْمَ الدِّينِ (82) رَبِّ هَبْ لِي حُكْمًا وَأَلْحِقْنِي بِالصَّالِحِينَ (83) وَاجْعَلْ لِي لِسَانَ صِدْقٍ فِي الْآَخِرِينَ (84) وَاجْعَلْنِي مِنْ وَرَثَةِ جَنَّةِ النَّعِيمِ (85) – الشعراء 78- 85

އެއިލާހީ، ތިމަން ހެއްދެވި އިލާހެވެ. ފަހެ، އެއިލާހު ތިމަންނާއަށް ތެދުމަގު ދައްކަވަތެވެ. * އަދި އެއިލާހީ، ތިމަންނާއަށް ކާންދެއްވާ، އަދި ބޯންދެއްވާ އިލާހެވެ * އަދި ތިމަން ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ، ހަމަ އެއިލާހެވެ * އަދި އެއިލާހީ ތިމަން މަރުގަންނަވައި، ދެން ތިމަން ދިރުއްވާނޭ އިލާހެވެ * އަދި ޤިޔާމަތްދުވަހުން މިއަޅާގެ ފާފަފުއްސެވުމަށް މިއަޅާ އެދެނީ، އެއިލާހުގެ ޙަޟްރަތުންނެވެ. އަޅުގެ ރައްބު! މިއަޅާއަށް ޢިލްމާއި، ވިސްނުން ދެއްވާނދޭވެ! އަދި ޞާލިޙުންގެތެރެއިން މިއަޅާ ލައްވާނދޭވެ! *ފަހުން އަންނަމީހުންގެ ދޫމަތީގައި، މިއަޅާގެ ތާރީފާއި ޘަނާ ލައްވާނދޭވެ! * އަދި ނިޢުމަތުގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ!

الْحَمْدُ لِلَّهِ الَّذِي فَضَّلَنَا عَلَى كَثِيرٍ مِنْ عِبَادِهِ الْمُؤْمِنِينَ- النمل 15

ޙަމްދުހުރީ ﷲ އަށެވެ. އެއިލާހީ އެއިލާހަށް އީމާންވެގެންވާ އަޅުންގެ ތެރެއިން، ގިނަމީހުންގެ މައްޗަށް ތިމަންމެން މާތްކުރެއްވި އިލާހެވެ.

 رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحاً تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ-النمل19

އަޅުގެ ރައްބު! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި ނިޢުމަތަށް ޝުކުރުކުރުމަށާއި، އިބައިލާހު ރުހިވޮޑިގެންވާ ޞާލިޙް ޢަމަލުކުރުމަށް މިއަޅާއަށް އިލްހާމްކުރައްވާނދޭވެ! އަދި އިބައިލާހުގެ ރަޙްމަތްފުޅުން، އިބައިލާހުގެ ޞާލިޙް އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!

قُلِ الْحَمْدُ لِلَّهِ وَسَلَامٌ عَلَى عِبَادِهِ الَّذِينَ اصْطَفَى- النمل 59

ކަލޭގެފާނު ވިދާޅުވާށެވެ!  ޙަމްދު ހުރީ ﷲއަށެވެ. އަދި އެއިލާހު ޚިޔާރުކުރައްވާފައިވާ، އެއިލާހުގެ އަޅުތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ.

(ނުނިމޭ)