ﷲގެ އަމުރުތަކަށް ކިޔަމަންވާ، މައިންބަފަންގެ އަމުރުތަކަށް ކިޔަމަންވާ ދަރީން ތަރުބިއްޔަތު ކުރެވޭނީ، މައިން ބަފައިން ގެ ހިތުގައި ﷲ އާމެދު އޮންނަ ޔަޤީންކަން ބޮޑުވެގެންނެވެ.

آللهُ الَّذِيْ أَمَرَكَ بِهَذَا ؟ قَالَ : نَعَمْ ، قَالَتْ : إِذَنْ لَا يُضَيِّعْنَا ” – رواه البخاري  3184  –

މިކަމަށް އަމުރު ކުރެއްވީ ﷲ ހެއްޔެވެ؟ އިބްރާހީމްގެފާނު ވިދާޅުވިއެވެ. “އާއެކެވެ.” އެކަމަނާ ވިދާޅުވިއެވެ. “އެހެންވިއްޔާ ﷲ ތަޢާލާ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ”

 

މިފަދައިން ވިދާޅުވި ކަމަނާއަކީ، އަންނަނިވި ޢިބާރާތް ވިދާޅުވި ދަރިފުޅު، ތަރުބިއްޔަތު ކުރެއްވި ކަމަނާއެވެ.

 

يَا أَبَتِ افْعَلْ مَا تُؤْمَرُ  سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ – الصافات 102-

“އޭ ބައްޕާއެވެ. ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ”