ނަމާދު އަޅާ މީހަކާ ދިމާލަށް މިހެން ބުނެބަލާށެވެ.

ނަމާދު އަޅާ މީހަކާ ދިމާލަށް މިހެން ބުނެބަލާށެވެ.

މިދުނިޔެމަތީގައި އަޅާ ﷲ ގެ ކުރިމަތީގައި ހުއްޓިހުންނަ މަޤާމަކީ ނަމާދުގައި ހުންނަ ހުރުން ކަމަށްވާއިރު، ﷲ އާ ބައްދަލުކުރުމަށް ތިބާ ނުރުހުން ތިޔަވަނީ ފަހެ ﷲ ތިބާއަށް ކޮންކަމެއް ކޮށްގެން ހެއްޔެވެ؟

ވުޟޫކުރުމަކީ ފާފަފުހެވޭ ކަމަކަށްވާއިރު،

ނަމާދަށް ދާ ދިޔުމަކީ ތިބާގެ ދަރަޖަ އުފުއްލެވި، ފާފަ ފުހެވޭ ކަމަކަށްވާއިރު،

ނަމާދަށް އިންތިޒާރުކުރާ ޙާލު ތިބާ އިންދާ، އަދި ނަމާދު ނިމިގެން އިންދާ މަލާއިކަތުން ތިބާއަށް ދުޢާ ކުރާކަމަކަށް ނަމާދު ވާއިރު،

ބަންގިއާ ޤަމަތާ ދެމެދު ކުރެވޭ ދުޢާ އިޖާބަކުރެއްވޭ އިރު،

ދެން ފަހެ މިހުރިހާ ކަމެއް މިހެން ހުރި އިރު، ނަމާދާ މެދު ތިބާ ހީކުރަނީ ކޮން ގޮތަކަށް ހެއްޔެވެ؟ މިއީ ނަމާދުގެ ވަށައިގެން ހުރި ކަންކަން، އަދި ނަމާދަށް ތައްޔާރުވުމުގެ ކަންކަން ހުރި ގޮތެވެ. ފަހެ ނަމާދުގެ މާތްކަމާއި މަތިވެރިކަން ތިބާއަށް މިކަންކަމުންވެސް އިޙްސާސް ނުކުރެވޭ ހެއްޔެވެ؟