![](https://shafiu.mv/wp-content/uploads/2020/12/brosse-a-dents-naturelle-siwak-en-racine-de-salvadora-persica-90f_480x480_4657c0cd-5264-4b00-806f-d705f2fd99f5_480x480.png)
ސިވާކުކުރުމުގެ ފައިދާތައް
ސިވާކުކުރުމުގެ އެންމެ މުހިއްމު ފައިދާއަކީ ޙަދީޘްގައި ބަޔާންވެގެންވާ ފަދައިން (ދުނިޔޭގައި) އަނގަޔަށް ޠާހިރުކަން ލިބުމާއި (އާޚިރަތުގައި) ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދަތްއުނގުޅާ މީހާއަށް ލިބުމެވެ. މުސްލިމް އަޅާ މި ސުންނަތުގެ މަތީގައި ދެމިހުރުމަކީ އެދެވިގެންވާ ކަމެކެވެ. މިކަމުގައި މިވާ ބޮޑެތި ފައިދާތަކަށްޓަކައި މިކަން ދޫކޮށްލައިގެން ނުވާނެއެވެ.
މުސްލިމުންގެ ތެރެއިން ބައެއް މީހުން މި ސުންނަތް އަދާކުރުމުގައި ފަރުވާކުޑަކޮށްފައިވެއެވެ. މަހެއް ދެމަސްވެސް ބައެއް މީހުން ސިވާކުނުކޮށް ހިނގައިދާނެއެވެ. ކަންނެތްކަމުން ނުވަތަ އެކަމުގެ އަޖުރު ނޭނގުމުގެ ސަބަބުންނެވެ. އެފަދަ މީހުން އެ މަޙްރޫމުވީ ވަރަށް ގިނަ އަޖުރުންނެވެ. އަދި ވަރަށް ގިނަ ފައިދާތަކުންވެސް މެއެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެ ސުންނަތެއްގެ މަތީގައި ދެމިހުންނެވި މި ސުންނަތް ދޫކޮށްލުމުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ބުރަކަމަކަށް ނުވާނަމަ އުއްމަތަށް ވާޖިބުކަމުގެ އަމުރު އައުން ކައިރިވެފައިވީ ކަމެކެވެ.
ސިވާކުކުރުމުގެ އެހެނިހެން ފައިދާތަކުގެ ތެރޭގައި ދަތްތައް ވަރުގަދަވުމާއި، ހިރުގަނޑު ވަރުގަދަ ވުމާއި، އަޑު ރީތިވުމާއި، މީހާ އަށް ތާޒާކަން ގެނެސްދިނުން ހިމެނެއެވެ.
*********************
الفقه الميسر في ضوء الكتاب والسنة
وزارة الشؤون الإسلامية والأوقاف والدعوة والإرشاد