ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ބޮޑު ޝިރްކުގެ ޢަމަލެއްތަ؟

ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ނަހީވެގެންވާ ކަމެކެވެ. އެއީ ފާފައެކެވެ.

عَنِ ابْنِ عُمَرَ رَضِيَ اللَّهُ عَنْهُمَا، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ:   أَلاَ مَنْ كَانَ حَالِفًا فَلاَ يَحْلِفْ إِلَّا بِاللَّهِ، فَكَانَتْ قُرَيْشٌ تَحْلِفُ بِآبَائِهَا، فَقَالَ: لاَ تَحْلِفُوا بِآبَائِكُمْ   رواه البخاري (3836) ومسلم (1646).

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ރިވާކުރެއްވިއެވެ. “ހުވާކުރާ މީހާ، ﷲ ގަންދީ މެނުވީ ހުވާނުކުރާހުށިކަމެވެ.” ޤުރައިޝުންގެ މީހުން އެބައިމީހުންގެ ކާބަފައިން ގަންދީ ހުވާކުރޫއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދިޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެ ކާބަފައިން ގަންދީ ތިޔަބައިމީހުން ހުވާނުކުރާށެވެ.”

وفي رواية للبخاري (2679) ، ومسلم (1646): أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:  مَنْ كَانَ حَالِفًا، فَلْيَحْلِفْ بِاللَّهِ أَوْ لِيَصْمُتْ  .

ބުޚާރީއާއި މުސްލިމްގެ އެހެން ރިވާޔަތެއްގައި ވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހުވާކުރާ ކަމުގައިވާނަމަ ﷲ ގަންދީ ހުވާހުރާށެވެ. އެހެންނޫނީ ހަނުހުންނާށެވެ.”

ﷲ ނޫން ފަރާތެއް ގަންދީ ހުވާކުރުމަކީ ޝިރްކުގެ ޢަމަލެކެވެ.

عن ابْن عُمَرَ، قَالَ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ( مَنْ حَلَفَ بِغَيْرِ اللَّهِ فَقَدْ أَشْرَكَ ) رواه أبو داود (3251) والترمذي (1535) وقال: “هَذَا حَدِيثٌ حَسَنٌ “، وصححه الألباني في “إرواء الغليل” (8 / 189).

އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ޙަދިޘްކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “ﷲ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކޮށްފިމީހާ، ފަހެ ހަމަކަށަވަރުން އޭނާ ޝިރްކުކޮށްފިއެވެ.”

އެއީ ބޮޑު ޝިރްކުތޯ ނުވަތަ ކުޑަ ޝިރްކުތޯ ކަނޑައަޅާނީ ހުވާކުރާ މީހާ ޤަބޫލުކުރާ (އިޢުތިޤާދުކުރާ) ގޮތަކުންނެވެ.

އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.

“ހުވާކުރެވޭ އެތި (މަޙްލޫފު ބިހީ) ﷲ އާ މަތިވެރިކަމުގައި އެއްފަދަވެގެންވާ ކަމަށް އިޢުތިޤާދުކޮށްފިނަމަ، ﷲ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކުރުން ވާނީ ބޮޑު ޝިރްކުގެ ޢަމަލަކަށެވެ. އެގޮތަށް އިޢުތިޤާދު ނުކުރަނީނަމަ އެވާނީ ކުޑަ ޝިރްކަށެވެ. “القول المفيد” (2 / 214(

 

ﷲ ނޫން ފަރާތެއް ގަންދީ ހުވާކޮށްފިމީހާ، ހުވައިގެ ކައްފާރާ ދޭންޖެހޭނެ ހެއްޔެވެ؟

އޭނާ ތައުބާވެ އިސްތިޣްފާރުކުރުމުން ފުދޭނެއެވެ. ހުވައިގެ ކައްފާރާ ދޭކަށް ނުޖެހޭނެއެވެ. “المغني” (9/405) .

 

މަރްޖިޢުތައް

https://islamqa.info/ar/answers/308866

https://islamqa.info/ar/answers