ބަންގި ނުވަތަ ޤަމަތުގެ ކަލިމަތަކުގެ ތެރެއިން ކަލިމައެއް ދޫކޮށްލައިފިމީހާ، ނުވަތަ ހަނދާންނެތިގެން ދޫވެއްޖެމީހާ، އޭނާ ހަނދާންވީ ކުޑަކުޑަ ވަޤުތުކޮޅެއްގެ ތެރޭގައި ނަމަ، ދޫކޮށްލި ނުވަތަ ހަނދާންނެތުނު ކަލިމަތަކުން ފަށައިގެން އޭގެ ފަހުބައި ފުރިހަމަކުރާނީއެވެ. އަދި އެކަން ހަނދާންވީ ވަރަށް ގިނަ ވަޤުތު ފާއިތުވީ ފަހުން ކަމުގައި ނުވަތަ ވަރަށް ލަހުން ކަމުގައިވަނީނަމަ، ބަންގި ނުވަތަ ޤަމަތް އަލުން ދޭނީއެވެ.
އިމާމު ނަވަވީ ރަޙިމަހުﷲ ވިދާޅުވިއެވެ. “ބަންގީ (ނުވަތަ ޤަމަތު) ގެ ބައެއް ލަފުޒުތައް ދޫކޮށްލައިފިނަމަ، އެ ދޫކޮށްލި ލަފުޒުތަކާއި އޭގެ ފަހުގެ ލަފުޒުތައް ގެނެސްގަންނާނީއެވެ. އަލުން ބަންގި (ނުވަތަ ޤަމަތް) ދިނުން އެއީ އައުލާވެގެންވާ ގޮތެވެ.” “المجموع” (3/121)
ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީއާ ސުވާލުކުރެވުނެވެ.
“ބަންގިގޮވާ މީހާ ފަތިސް ނަމާދުގެ ބަންގީގައި (الصلاة خير من النوم) ކިޔަން ހަނދާންނެތުމުން ދެން ކަންތައްކުރާނީ ކިހިނެއްތޯއެވެ؟”
ޖަވާބު ދެއްވިއެވެ. “ބަންގިގޮވާ މީހާ ބަންގީގެ ކަލިމައެއް ހަނދާންނެތިއްޖެނަމަ، ބަންގި ގޮވުމުގެ ތެރޭގައި އެކަން ހަނދާންވުމުން އެކަލިމަ ކިޔާފައި އޭގެ ފަހުގެ ކަލިމަތައް ކިޔާނީއެވެ. ވަރަށް ފަހުގެ ވަޤުތެއްގައި ހަނދާންވިނަމަ، އަލުން ބަންގި އެއްކޮށް ގޮވާނީއެވެ. (ބަންގީގެ ފަރްޟު ކިފާޔަތް އަދާކުރާނެ އެހެން މީހަކު ނެތް ނަމަ ކުރިން އެގޮވި ބަންގިންވެސް ފަރްޟު ކިފާޔަތް އަދާވާނެއެވެ.)” -ނިމުނީ-
“فتاوى اللجنة الدائمة” (5 /61)
މަރްޖިޢު
https://islamqa.info/ar/answers/131320