![](https://shafiu.mv/wp-content/uploads/2021/04/hand-painted-watercolor-pastel-sky-background_23-2148907305.jpg)
ލޫޠު ޢަލައިއްސަލާމަށް މަލާމާތްކުރުމުގެ ގޮތުން އެކަލޭގެފާނުގެ ޤައުމުގެ މީހުން ބުންޏެވެ.
وَمَا كَانَ جَوَابَ قَوْمِهِ إِلَّا أَن قَالُوا أَخْرِجُوهُم مِّن قَرْيَتِكُمْ إِنَّهُمْ أُنَاسٌ يَتَطَهَّرُونَ – سورة الأعراف 72
މާނައީ: “އެކަލޭގެފާނުގެ ޤައުމުގެމީހުންގެ ޖަވާބު ކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ތިޔަބައިމީހުންގެ ރަށުން، އެއުރެން (އެބަހީ: ލޫޠުގެފާނާއި، އެކަލޭގެފާނަށް އީމާންވެގެން ތިބިމީހުން) ބޭރުކޮށްލާށެވެ. ހަމަކަށަވަރުން، އެއުރެންނަކީ، ޠާހިރުވެގަންނަ ބަޔެކެވެ.”
މީގައި ޢައިބުހުރީ އެބައިމީހުންގެއެވެ. އެބައިމީހުންނަށް ގޯސްވީ ފާފަނުކުރާ ޠާހިރު މީހުންނެވެ. ފާފަކުރާ ނަޖިސް މުޑުދާރު މީހުން ވީ ރަނގަޅު، ޙައްޤުގައި ތިބި މީހުން ކަމުގައެވެ. ތަނެއްގައި މުންކަރާތްތަކާއި ހަޑިހުތުރު ކަންކަން ފެތުރި، ހުރިހާ އެންމެންހެން އެކަމުގެ ތެރެއަށް ވަދެގަތީމައި އެކަން އެބައިމީހުންނަށް ވަނީ ޒީނަތްތެރި، ރީތި، ޠާހިރު ކަމަކަށެވެ. ދެން އެހާރުން ގޯސްވާނީ، ރަނގަޅު މީހާއެވެ.
އެހެންމީހުންނަށް ޢައިބު އެކީ އެމީހުންގެ ގައިގައި ޢައިބު ހުއްޓައެވެ.
(ބައްލަވާ: “އަލްޙިޖާބު ފިއްޝަރްޢި ވަލްފިޠްރަތި” އައްޝައިޚް ޢަބްދުލް ޢަޒީޒު އައްޠަރީފީ)