عَنْ جَابِرِ بْنِ سَمُرَةَ ، قَالَ : خَرَجَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الصُّفُوفِ ، فَقَالَ : ” أَلا تَصُفُّونَ كَمَا تَصُفُّ الْمَلائِكَةُ عِنْدَ رَبِّهِمْ ؟ ” قَالُوا : وَكَيْفَ تَصُفُّ الْمَلائِكَةُ عِنْدَ رَبِّهِمْ ؟ ، قَالَ : ” يُتِمُّونَ الصُّفُوفَ الْمُقَدَّمَةَ وَيَتَرَاصُّونَ فِي الصَّفِّ ” . أَخْرَجَهُ مُسْلِمٌ مِنْ حَدِيثِ أَبِي مُعَاوِيَةَ ، عَنِ الأَعْمَشِ .
ޖާބިރު ބިން ސަމްރަތުގެ ކިބައިން ރިވާވެގެންވެއެވެ. ޖާބިރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޞަފުތަކަށް ނުކުމެވަޑައިގެން ޙަދީޘްކުރެއްވިއެވެ. ” ފަހެ ތިޔަބައިމީހުން، މަލާއިކަތުން އެބޭކަލުންގެ ވެރި އިލާހުގެ ހަޟްރަތުގައި ސަފުތައް ހައްދަވާގޮތަށް ސަފުތައް ނުހަދަނީ ކީއްވެހެއްޔެވެ؟” ޞަޙާބީން ދެންނެވިއެވެ. ” އޭ ﷲ ގެ ރަސޫލާ ( ސައްލަﷲ ޢަލައިހި ވަސައްލަމް) އެވެ! މަލާއިކަތުން އެބޭކަލުންގެ ވެރި އިލާހުގެ ޙަޟްރަތުގައި ސަފުތައް ހައްދަވަނީ ކިހިނެއްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. ” އެބޭކަލުން ފުރަތަމަ ސަފުތައް ފުރާލައްވައެވެ. އަދި އެކަކު އަނެކަކަށް ޖެހި ބާރުވެގެން (ހުސްތަން ފުރާލައްވައިގެން) ނެވެ. “