ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ -الأحزاب 70-71
“އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ. އަދި ސީދާވެގެންވާ ބުނުމަކުން ތިޔަބައިމީހުން ބަސްބުނާށެވެ. * (އޭރުން) ތިޔަބައިމީހުންނަށްޓަކައި، ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އިޞްލާޙު ކޮށްދެއްވާނެތެވެ. އަދި ތިޔަބައިމީހުންނަށްޓަކައި، އެއިލާހު ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެތެވެ.”
ޝައްކެތް ނެތް ގޮތުގައި ސީދާވެގެންވާ ބުނުމަކުން ބަސްބުނާ މީހާއީ ﷲ ގެ މަގަށް ގޮވާލާ މީހާއެވެ. އިސްލާމްދީނުގެ ދަޢުވަތު ދޭ މީހާއެވެ. އެކަން އެގޮތަށް ކުރުމުން ﷲ ތަޢާލާ
- އޭނާގެ ޢަމަލުތައް އިޞްލާޙުކުރައްވާނެއެވެ.
- އޭނާގެ ފާފަތައް ފުއްސަވާނެތެވެ.
ވީމާ، ދަޢުވަތުގައި އުޅޭށެވެ. ޢަމަލުތައް އިޞްލާޙުވުމަށްޓަކައި އެއަށްވުރެ ބޮޑަށް ބާރުއަޅާ ކަމެއް ނެތެވެ. އެހެނީ އެހެން މީސްތަކުންނަށް ދަޢުވަތު ދޭނަމަ، އެކަންކަމަށް ތިބާ ޢަމަލު ކުރަން ތިބާއަށް ކޮންމެހެންވެސް ޖެހޭނެއެވެ.
د.عبد الملك القاسم