ޢަދާވާތްތެރިކަމަށްވުރެ ހުރިހާގޮތަކުންވެސް މޮޅުގޮތަކީ މާފުކުރުމެވެ.
އާޚިރަތަށް އެދިގެން އާޚިރަތާ ހެދި އުޅޭ މީހުންނަށް ޢަދާވާތްތެރިވާކަށް ވަޤުތެއް ނޯންނާނެއެވެ. އަދި ޢަދާވާތްތެރިވުމަކީ އެކަމަށްޓަކައި ނުހަނު ގިނަ އުނދަގޫތައް ތަޙައްމަލުކުރަންޖެހޭ، ނުހަނު ބޮޑު ނުތަނަވަސްކަން ހިތަށް ވެރިކުރުވާ ކަމެކެވެ. ގިނަގުނަ ވަޤުތުތަކެއް ބޭކާރުވެގެންދާ ކަމެކެވެ.
وَإِنَّ السَّاعَةَ لَآتِيَةٌ فَاصْفَحِ الصَّفْحَ الْجَمِيلَ ﴿الحجر: ٨٥﴾
ޤިޔާމަތުގެ ވަގުތު އަންނާނެކަން ކަށަވަރެވެ. ފަހެ، ރިވެތިވެގެންވާ ގޮތުގައި ކަލޭގެފާނު މާފުކުރައްވާށެވެ