ފައިސާގެ ގޮތުގައި ކުރިން ބޭނުންކުރި ނޫޓު އޭގެ މޫނު އަގަށްވުރެ ބޮޑުކޮށް ވިއްކުން

ކުރީގެ ފައިސާއަކީ ރަނާއި ރިހި ނޫންނަމަ، އާދެ ކަރުދާސް ނޫޓު ނަމަ އޭގެ މުޢާމަލާތް ކުރުން ހުއްޓާލާފައިވާނަމަ އެއީ ތަކެތީގެ އަގުވަޒަން ކުރާ ފައިސާއެއް ކަމުގައި ނުބަލާނަމަ، އޭގައި ރިބާއެއް ނުހިމެނޭނެއެވެ. އޭރުން ކުރީގެ ފައިސާ އެވަނީ މުދަލަކަށް ވެފައެވެ. އެއީ ފައިސާގެގޮތުގައި (މުދާ ގަނެވިއްކުމަށް) ބޭނުން ނުކުރާތީއެވެ. އެހެންކަމުން، އެފަދަ ޤަދީމީ ނުވަތަ ދުވަސްވީ ފައިސާ މިހާރުގެ ފައިސާއަށް ގަނެވިއްކުމަކީ ހުއްދަކަމެކެވެ. އަދި ސީދާ އެ ޢަދަދުން އެ ޢަދަދަށް ގަނެވިއްކުން ޝަރުޠެއް ނޫނެވެ. އަދި ސީދާ އަތުން އަތަށް ދިނުންވެސް ޝަރުޠެއް ނޫނެވެ. އެހެނީ އޭގައި މިހާރު ރިބާއެއް ނުހިމެނެއެވެ. އެކަމަކު މިފަދަ ކަންކަން ކުރުމުގައި ޢިލްމުވެރިން މިކަން ހުއްދަކުރަނީ މިކަމުގައި އިސްރާފުކުރުން ހިމެނިފައި ނުވާނަމައެވެ. ބައެއް މީހުން އެފަދަ ޤަދީމީ ފައިސާގަތުމަށް ނުހަނު ބޮޑު ޚަރަދު ކުރެއެވެ. ޝަރީޢަތުގައި ވަނީ ފައިސާ އިސްރާފުކުރުން ނަހީކުރައްވާފައެވެ.

ޤަދީމީ (ކުރީގެ) ފައިސާ އޭގައިވާ އަގަށްވުރެ ބޮޑުކޮށް ގަނެވިއްކުމާ ބެހޭގޮތުން ޝައިޚް އިބްނު ޢުޘައިމީންއާ ސުވާލުކުރެވުނެވެ.
ޖަވާބުގައި ވިދާޅުވިއެވެ. “އެކަމުގައި މައްސަލައެއް ނެތެވެ. އެހެނީ ކުރީގެ ފައިސާ މިހާރު ހިމެނެނީ ނަޤްދުގެ ގޮތުގައެއް ނޫނެވެ. މިސާލަކަށް ކުރީގައި ބޭނުން ކުރި ފައިސާގެ ތެރޭގައި ހިމެނޭ އެއްރިޔާލު ނުވަތަ ފަސްރިޔާލު ނުވަތަ ދިހަ ރިޔާލު މިހާރުގެ ސަތޭކަ ރިޔާލަށް ގަނެވިއްކުމަކީ އެކަމުގައި މައްސަލައެއް އޮތްކަމެއް ނޫނެވެ. އެހެނީ އެ ޤަދީމީ ފައިސާ މިހާރު އެވަނީ މުދަލަކަށް ވެފައެވެ. އެއީ ނަޤްދެއް ނޫނެވެ. އެކަމުގައި މައްސަލައެއް ނެތެވެ.”

“لقاء الباب المفتوح” (233/18) باختصار .
https://islamqa.info/ar/answers/97488