ނަމާދު ޖަމްޢުކުރާ މީހާ، ނަމާދުގެ ރަވާތިބު ސުންނަތްތައް ކުރަން ބޭނުންނަމަ ކުރާނީ އަންނަނިވި ގޮތަށެވެ.
މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޖަމްޢުކުރާ އިރު
ފުރަތަމަ ކުރާނީ މެންދުރު ނަމާދުގެ އިހު ސުންނަތުގެ ހަތަރު ރަކްޢަތެވެ.
ދެން ކުރާނީ މެންދުރު ނަމާއި ޢަޞްރު ނަމާދު ޖަމްޢުކޮށެވެ. އެގޮތަށް ކުރާނީ މެންދުރު ނަމާދުގެ 4 ރަކްޢަތްކޮށް ސަލާމްދީފައި ޢަޞްރު ނަމާދުގެ 4 ރަކްޢަތް ކުރާނީއެވެ.
ދެން ކުރާނީ މެންދުރު ނަމާދުގެ ފަހު ސުންނަތުގެ ދެ ރަކްޢަތެވެ.
މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކުރާ އިރު
ފުރަތަމަ ކުރާނީ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ޖަމްޢުކޮށެވެ. އެގޮތަށް ކުރާނީ މަޣްރިބް ނަމާދުގެ 3 ރަކްޢަތްކޮށްފައި ސަލާމްދީ ދެން ޢިޝާ ނަމާދުގެ 4 ރަކްޢަތް ކޮށްގެންނެވެ.
ދެން ކުރާނީ މަޣްރިބް ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްޢަތެވެ.
ދެން ކުރާނީ ޢިޝާ ނަމާދުގެ ފަހު ސުންނަތުގެ 2 ރަކްޢަތެވެ.
މަރްޖިޢު
https://islamqa.info/ar/answers/137720