ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

أَنِ اشْكُرْ لِي وَلِوَالِدَيْكَ_ لقمان14

ތިމަންއިލާހަށާއި، ތިބާގެ މައިންބަފައިންނަށް ޝުކުރުކުރާށެވެ

 

ސުފްޔާން ބިން ޢުޔައިނާ ރަޙިމަހުﷲ ވިދާޅުވިއެވެ.

“ފަސް ވަޤުތު ނަމާދު ޤާއިމުކޮށްފި މީހަކު ﷲ އަށް ޝުކުރުކޮށްފިއެވެ.

ފަސް ވަޤުތުގެ ނަމާދުގެ ފަހުގައި އެމީހެއްގެ މައިންބަފައިންނަށް ދުޢާކޮށްފި މީހަކު، ފަހެ އޭނާގެ މައިންބަފައިންނަށް ޝުކުރުކޮށްފިއެވެ.”

[تفسير القرطبي:١٦/٤٧٥]