ގާތުން ދިނުމުގެ ބަދަލުގައި ކިރު ބުއްފުޅިއަކުން ދިންނަމަވެސް މަޙްރަމުކަން ޙާޞިލްވާނޭ ހެއްޔެވެ؟

ސުވާލު: އަންހެނަކު ގާތުން ކިރު ދިނުމުން އެ އަންހެން މީހާ އެ ކުއްޖާގެ މަޙްރަމަކަށް ވާކަން އަހަރެންނަށް އެނގެއެވެ. ބުއްފުޅިއެއް ފަދަ އެއްޗަކުން ކިރު ދިން ކަމުގައިވިޔަސް މަޙްރަމިއްޔަތު ޙާޞިލްވާނޭ ހެއްޔެވެ؟

ޖަވާބު: މި ޙާލަތުގައިވެސް ކިރު ދިނުމުގެ ޤަވާޢިދުތައް ދެމިއޮންނާނެއެވެ. އެ ކުއްޖާ މީހެއްގެ ގާތުން ފަސްފަހަރު ބަނޑުފުރާ ކިރު ބޯ މިންވަރަށް ބުއްފުޅީން ބުއިނަމައެވެ. އަދި އެ ކިރު ދިނީ އެކުއްޖާގެ ޢުމުރުން ދެއަހަރުވުމުގެ ކުރީން ކަމުގައިވާނަމައެވެ.

ފަތުވާ ދެއްވީ އައްޝައިޚް މުޙައްމަދު ޞާލިޙު އަލް މުނައްޖިދު

މަރްޖިޢު

https://islamqa.info/en/answers/1488