ދެއަންބަށް ކައިވެނިކުރާ ފިރިހެން މީހާގެ ހުންނަންޖެހޭ ޝަރްޠުތަކަކީ ކޮބައިތޯ؟

ސުވާލު: ދެއަންބަށް ކައިވެނިކުރާ ފިރިހެން މީހާގެ ހުންނަންޖެހޭ ޝަރްޠުތަކަކީ ކޮބައިތޯ؟

ޖަވާބު: الحمد لله والصلاة والسلام على رسول الله
މި ޝަރްޠުތައް ފުރިހަމަކުރެވޭނަމަ އެއް އަންބަށްވުރެ ގިނަ އަނބީންނާ ކައިވެނި ކުރުމަކީ ޝަރްޢީގޮތުން އެދެވިގެންވާ ކަމެކެވެ.
ހ- އަނބިދަރީންނަށް ޚަރަދުކުރެވޭ މިންވަރަށް މާލީގޮތުން ތަނަވަސްކަން ލިބިގެންވުން
ށ- ހަށިގަނޑުގެ ގޮތުން ކުޅަދާނަކަށް ލިބިގެންވުން (ރޭކުރުންފަދަ އަނބީންގެ ޙައްޤުތައް އަދާކުރުމުގެ ކުޅަދާނަކަން ހަށިގަނޑުގައި ހުރުން)
މިދެކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
( يَا مَعْشَرَ الشَّبَابِ ، مَنْ اسْتَطَاعَ مِنْكُمْ الْبَاءَةَ فَلْيَتَزَوَّجْ ) . رواه البخاري (5065) ومسلم (1400) .
އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ، ފަހެ ކައިވެނިކުރާހުށިކަމެވެ.

ނ- އަނބީންގެ މެދުގައި ޢަދުލުވެރިވުމުގެ ކުޅަދާނަކަން ލިބިގެންވުން
މިކަމުގެ ދަލީލަކީ އަންނަނިވި އާޔަތެވެ.
فَإِنْ خِفْتُمْ أَلَّا تَعْدِلُوا فَوَاحِدَةً أَوْ مَا مَلَكَتْ أَيْمَانُكُمْ ذَلِكَ أَدْنَى أَلَّا تَعُولُوا النساء/3 .
ފަހެ، ޢަދުލުވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ.
والله أعلم