
ޖަވާބު: الحمد لله والصَّلاة والسّلام على رسول الله. ހަކުރު ބަލީގެ ސަބަބުން އިންސިއުލިން ޖެހުމަކީ ރޯދަ ގެއްލޭ ކަމެއް ނޫނެވެ. އެއީ ކެއުމާއި ބުއިމުގެ ތެރޭގައި ނުވަތަ އޭގެ މާނާގައި ހިމެނޭ ކަމެއް ނޫނެވެ. އަދި ޟަރޫރަތަކަށްޓަކައި ޖަހާ އެއްޗެކެވެ. ގައިގައި ވަރުޖައްސާ އެއްޗެއް ނޫނެވެ.
ސަޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީން، އިންސިއުލިން ޖެހުމުގެ ސަބަބުން ރޯދަ ނުގެއްލޭނެކަމަށް ފަތުވާ ދެއްވާފައިވެއެވެ.
اللجنة الدائمة للبحوث العلمية والإفتاء 10 / 252
والله أعلم