
ޖަވާބު: الحمد لله والصّلاة والسَّلام على رسول الله
ޝައިޚް ބިން ބާޒް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ލޮލަށާއި ކަންފަތަށް ބޭސްއެޅުމުން ރޯދަ ނުގެއްލޭނެކަމަށް ވިދާޅުވާ ޢިލްމުވެރިންގެ ބަސްފުޅުއެއީ މިމައްސަލާގައި އެންމެ ޞައްޙަ ބަސްފުޅެވެ. އެހެނީ ލޮލާއި ކަންފަތަކީ ހަށިގަނޑަށް ކާބޯތަކެތި ފޮނުވައިދޭ މަގެއް ނޫނެވެ.”
تحفة الإخوان ص 175
ލޮލަށް ބޭސް އެޅުމުގެ ސަބަބުން ނުވަތަ ކަންފަތަށް ބޭސް އެޅުމުގެ ސަބަބުން ރޯދަ ގެއްލޭނެތޯ ޝައިޚް ޢުޘައިމީން ރަޙިމަހުﷲ އާ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވިއެވެ. “ރޯދަވެރިޔާ އޭނާގެ ކަންފަތަށް އަދި ލޮލަށް ބޭސްއެޅުމަކީ މައްސަލައެއް ނޫނެވެ. އަދި ކަރުތެރެއަށް އޭގެ ރަހަ ފާޅުވި ކަމުގައިވިޔަސް އޭނާގެ ރޯދަ ނުގެއްލޭނެ އެވެ. ސަބަބަކީ އެއީ ކެއިންބުއިމުގެ ތެރެއަށް ވަންނަ ކަމެއްނޫނެވެ. އަދި ކެއިންބުއިމުގެ މާނަގައިތެރޭގައިވެސް ހިމެނޭ ކަމެއް ނޫނެވެ.”
مجموع الفتاوى 19-
والله أعلم