8 – އިޙްސާންކަމަކީ ކޮބާ؟

ޖަވާބު: އެއީ ތިބާއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެކެދެކެހުރެ އަޅުކަންކުރާފަދައިން އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެއިލާހު ނުފެނުނުކަމުގައިވިޔަސް އެއިލާހު ތިބާ ދެކެދެނެވޮޑިގެންވެއެވެ. މިކަމުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ވަޙީބަސްފުޅެވެ.  “إِنَّ اللَّهَ مَعَ الَّذِينَ اتَّقَوْا وَالَّذِينَ هُمْ مُحْسِنُونَ” – النحل: ١٢٨ މާނައީ: “ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ތަޤުވާވެރިވި މީހުންނާއި އަދި އެމީހުންނީ އިޙްސާންތެރިންކަމުގައިވީ މީހުންނާ އެކުގައެވެ.”

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =