ޖަވާބު: އެއީ ޙާޝިމްގެ ދަރި ޢަބުދުލް މުއްޠަލިބުގެ ދަރި ޢަބްދުﷲގެ ދަރި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ)އެވެ. އަދި ޙާޝިމް އަކީ ގުރައިޝް ވަންހައިގެ މީހެކެވެ. އަދި ގުރައިޝްވަންހަ އަކީ ކިނާނަތު ދަރިކޮޅުގެ ވަންހައެކެވެ. ކިނާނަތަކީ ޢަރަބީންގެ ތެރެއިންވާ ބައެކެވެ. އަދި ޢަރަބިންނަކީ ﷲގެ ޚަލީލް އިބްރާހީމް ޢަލައިހިއްސަލާމްގެ ދަރިކަލުން އިސްމާޢީލު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅެވެ. އިބްރާހީމް ޢަލައިހިއްސަލާމްއަކީ ނޫޙު ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ބޭކަލެކެވެ.
9- ތިބާގެ ނަބިއްޔާއަކީ ކާކު؟
10- އެކަލާގެފާނަށް ނަބީކަން ޙަވާލުކުރެވުނީ ކޮން ބަސްފުޅަކުން؟ އަދި އެކަލޭގެފާނަށް ރަސޫލުކަން ޙަވާލުކުރެވުނީ ކޮން ބަސްފުޅަކުން؟
ޖަވާބު: އެކަލޭގެފާނު ނަބީކަމައިގެން ފޮނުއްވުނީ اقْرَأْ -العلق: ١ މާނަ: “ކަލޭގެފާނު ކިޔަވާ ވިދާޅުވާށެވެ.” މިބަސްފުޅާ އެކުގައެވެ. އަދި ރަސޫލުކަން ޙަވާލުކުރެވުނީ (ރަސޫލުކަމައިގެން ފޮނުއްވުނީ) المُدَّثِّرُ – المدثر: ١ މާނަ: “އޭ ފޮތިތަކުން ނިވާވެގެންވާ ކަލޭގެފާނެވެ.” މިބަސްފުޅުންނެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =