ޟުޙާނަމާދުގެ ވަޤުތަކީ އިރު ފުރިހަމައަށް އެރީއްސުރެ ފެށިގެން މެންދުރު ނަމާދުގެ ވަޤުތު ޖެހެންދެނެވެ.
އެހެންކަމުން، އިރު އެރީއްސުރެ ފެށިގެން މެންދުރު ނަމާދު ވަޤުތަށް ކުޑަކުޑަ ވަޤުތުކޮޅަކަށް ވެއްޖައުމަށް ދަންދެން ޟުޙާ ނަމާދުގެ ވަޤުތު ދެމިގެން ވެއެވެ.
ޟުޙާ ނަމާދު ކުރުމަށް އެންމެ މޮޅުއިތުރު ކަންބޮޑު ވަޤުތަކީ އިރުގެ ހޫނުކަން ގަދަވެގަތުމުންނެވެ. އެއީ އަންނަނިވި ޙަދިޘްގައި ވާ ފަދައިންނެވެ.
صَلَاةُ الْأَوَّابِينَ حِينَ تَرْمَضُ الْفِصَالُ-رواه مسلم
“ކިޔަމަންތެރިންގެ ނަމާދުވަނީ (އެބަހީ: ޟުޙާނަމާދުވަނީ) ޅަ ޖަމަލުތަކަށް ހޫނުކަން ގަދަވެގަންނަ ވަޤުތުގައެވެ.”
މީގެ މުރާދަކީ ޅަ ޖަމަލުތަކަށް ބިންގަނގުގެ ހޫނުކަން އިޙްސާސްވާން ފަށާ ވަޤުތެވެ.
ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ޟުޙާ ނަމާދުގެ ވަޤުތު ބަޔާންކުރައްވަނީ އެއީ އިރު އަރައި 15 މިނެޓުން ފެށިގެން މެންދުރު ނަމާދު ވަޤުތަށް ކުޑަ ވަޤުތުކޮޅަކަށް ވެއްޖައުމަށް ދަންދެން ކަމަށެވެ. الشرح الممتع 4 / 122
މަރްޖިޢު
https://islamqa.info/ar/answers/22389/