1- ނިދުމުގެ ކުރިން ރޭއަޅުކަން ކުރުމަށް ނިޔަތްގަތުން. އެގޮތުން ނިދުންވެސް ނިޔަތުގެ ސަބަބުން އަޅުކަމަކަށް ބަދަލުކޮށްލެވޭނެއެވެ. ނިދާއިރު ހިތަށްއަރުވާނީ، މި ނިދަނީ ދަމުނަމާދަށް ހަށިގަނޑު ތައްޔާރުކުރުމުގެ ގޮތުން ހަށިގަނޑަށް އަރާމު ހޯދައިދިނުމަށް ކަމަށެވެ. އޭރުން އިން ޝާ ﷲ ނިންޖަށްވެސް ސަވާބު ލިބިގެންދާނެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ޙަދިޘްގައިވާ ފަދައިންނެވެ.
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: مَا مِنِ امْرِئٍ تَكُونُ لَهُ صَلاَةٌ بِلَيْلٍ فَغَلَبَهُ عَلَيْهَا نَوْمٌ إِلاَّ كَتَبَ اللَّهُ لَهُ أَجْرَ صَلاَتِهِ وَكَانَ نَوْمُهُ صَدَقَةً عَلَيْهِ- رواه النسائي، كتاب قيام الليل وتطوع النهار، باب من كان له صلاة بالليل فغلبه عليها النوم، برقم 1784، وأبو داود، كتاب التطوع، باب من نوى القيام فنام، برقم 1314، ومالك في الموطأ، 1/117، وصححه الألباني في صحيح سنن النسائي، 1/386، وفي إرواء الغليل، 2/205.
ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އާދަވެގެން ކޮންމެ ރެއަކު ރޭއަޅުކަން ކުރާ މީހަކު، ނިދި އޭނާގެ ނަމާދުގެ މައްޗަށް ގަދަވެގަތުމުގެ ސަބަބުން(ނިދުމުގެ ސަބަބުން) އޭނާއަށް އޭނާ ރޭއަޅުކަން ނުކުރެވުނު ނަމަ، ފަހެ އޭނާގެ ރޭ އަޅުކަމުގެ ޘަވާބު ﷲ ތަޢާލާ އޭނާއަށް ލިޔުއްވައިދެއްވާނެއެވެ. އަދި އޭނާގެ ނިދި އޭނާގެ މައްޗަށް ވާހުށީ ޞަދަޤާތެއް ކަމުގައެވެ.”
އަދި އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވާ މި ޙަދީޘްއެވެ.
عَنْ أَبِي الدَّرْدَاءِ، يَبْلُغُ بِهِ النَّبِيَّ صلى الله عليه وسلم : مَنْ أَتَى فِرَاشَهُ وَهُوَ يَنْوِي أَنْ يَقُومَ يُصَلِّي مِنَ اللَّيْلِ فَغَلَبَتْهُ عَيْنَاهُ حَتَّى أَصْبَحَ كُتِبَ لَهُ مَا نَوَى وَكَانَ نَوْمُهُ صَدَقَةً عَلَيْهِ مِنْ رَبِّهِ- النسائي، كتاب قيام الليل وتطوع النهار، باب من أتى فراشه وهو ينوي القيام فنام، برقم 687، وصححه الألباني في إرواء الغليل، برقم 454، وفي صحيح سنن النسائي، 1/386.
އަބުއްދަރްދާއު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަބުއްދަރްދާއަށް މިފަދައިން ވިދާޅުވިއެވެ. “ރޭއަޅުކަން ކުރުމަށް ޤަޞްދުކޮށް އެ ނިޔަތާއެކު، މީހަކު ތަންމައްޗަށް ނިދަން އައިސްފައިވަނިކޮށް، ހެނދުނު ވަންދެން އޭނާގެ ދެލޮލަށް ނިދި ގަދަވެގެންފިނަމަ،(ނިދިއްޖެނަމަ) އޭނާ ނިޔަތްގަތް ކަމެއް އޭނާއަށް ލިޔުއްވޭ ހުއްޓެވެ. އަދި އޭނާގެ ނިދި އޭނާއަށްޓަކައި ވާހުށީ އޭނާގެ ރައްބުގެ ޙަޟްރަތުންވާ ޞަދަޤާތެއް ކަމުގައެވެ.
2- ދަމު ނަމާދަށް ހޭލާ މީހާ ދަމު ނަމާދަށް ހޭލުމަށްފަހު، (މޫނުގައި އަތުގެ ނުފުށުން އަތް ކާއްތާލާ) މޫނުމަތިން ނިދި ފިލުވާލުމަށްފަހު ދަތް އުނގުޅައި މިފަދައިން ކިޔުން ސުންނަތްވެގެންވެއެވެ.
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ سُبْحَانَ اللَّهِ وَالْـحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ – رَبِّ اغْفِرْ لِي (ބައްލަވާ: ޞަޙީޙުލް ބުޚާރީ ކިތާބުއް ތަހައްޖުދު ޙަދީޘް 1154)
މިކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
عن عبادة بن الصامت عن النبي قال: مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ سُبْحَانَ اللَّهِ وَالْـحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ ، ثم قال: اللَّهُمَّ اغْفِرْ لِي، أَوْ دَعَا اسْتُجِيْبَ- فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلاَتُهُ ”.- (البخاري، كتاب التهجد، باب فضل من تعار من الليل فصلى، برقم 1154.)
ޢުބާދަތު ބިން އައްޞާމިތު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މީހަކު ރޭގަނޑު ހޭލައި لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ لَهُ الْمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ سُبْحَانَ اللَّهِ وَالْـحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ މިފަދައިން ކިޔައި އޭގެ ފަހުގައި رَبِّ اغْفِرْ لِي ކިޔައިފިނަމަ ނުވަތަ އޭނާ ދުޢާކޮށްފިނަމަ އޭނާގެ ދުޢާ އިޖާބަވާ ހުއްޓެވެ. އަދި އޭނާ ވުޟޫކޮށް ނަމާދު ކުޅަ ނަމަ އޭނާގެ ނަމާދު ޤަބޫލުކުރައްވާހުއްޓެވެ.
3- ދަމު ނަމާދު ކުރުމަށްޓަކައި، ރޭގަނޑު ނިދީން ހޭލައި، މޫނުން ނިދީގެ އަސަރު ފިލުވުމަށްފަހު، އާލް ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔެވުން ސުންނަތްވެގެންވެއެވެ. އެއީ އާލްޢިމްރާން ސޫރަތުގެ 190 ވަނަ އާޔަތުން ފެށިގެން އެ ސޫރަތް ނިމެންދެނެވެ. އެކަމުގެ ދަލީލަކީ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވާ އަންނަނިވި ޙަދީޘެވެ.
حديث ابن عباس رضي الله عنهما قال: ((…استيقظ رسول الله فجعل يمسح النوم عن وجهه بيده ثم قرأ العشر الآيات الخواتيم من سورة آل عمران…)) – مسلم، كتاب صلاة المسافرين، باب صلاة النبي ودعائه بالليل، برقم 182 – (763) وأصل الحديث متفق عليه.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާ ވިދާޅުވިއެވެ. “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިދީން ހޭފުޅުލައްވާ، އެކަލޭގެފާނުގެ އަތްޕުޅުން މޫނުފުޅުގެ ނިދީގެ އަސަރު ފިލުވައިލައްވައި އާލް ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާވިދާޅުވިއެވެ.”
عَنْ حُذَيْفَةَ، أَنَّ رَسُولَ اللَّهِ صلى الله عليه وسلم كَانَ إِذَا قَامَ مِنَ اللَّيْلِ يَشُوصُ فَاهُ بِالسِّوَاكِ ( متفق عليه: البخاري، كتاب الغسل، باب السواك، برقم 245، ومسلم، كتاب الطهارة،باب السواك، برقم 254.) ويقول أذكار الاستيقاظ من النوم الأخرى(انظر، حصن المسلم، للمؤلف ص12-16)، ويتوضأ كما أمره الله تعالى.
ޙުޛައިފާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނިދީން ހޭފުޅުލައްވާނަމަ، މިސްވާކުން އެކަލޭގެފާނުގެ އަނގަފުޅު ސާފުކުރައްވައެވެ. އަދި ނިދީން ހޭލުމަށްފަހު ކިޔާ އެހެނިހެން ޛިކްރުތައް ކިޔުއްވައެވެ. އަދި ﷲ ތައާލާ އަމުރުކުރައްވާފައިވާ ފަދައިން ވުޟޫކުރައްވައެވެ.
(ނުނިމޭ)