އިޝްރާޤު ނަމާދާއި ޟުޙާ ނަމަދަކީ އެއީ އެއް ނަމާދެއްތަ؟

އިޝްރާޤު ނަމާދާއި ޟުޙާ ނަމާދަކީ އެއީ އެއް ނަމާދެކެވެ. ޟުޙާ ނަމާދު އިޝްރާޤުގެ ވަޤުތުގައި ކޮށްފިނަމަ ޟުޙާ ނަމާދަށް އިޝްރާޤު ނަމާދޭވެސް ކިޔައެވެ. އެއީ ތަފާތު ދެ ނަމާދެއް ނޫނެވެ. އިޝްރާޤްގެ މާނައަކީ އަލިވުން ނުވަތަ އިރު އެރުމެވެ. އިޝްރާޤު ނަމާދޭ އެ ކިޔަނީ އެ ނަމާދު ކުރަނީ އިރު އެރުމުގެ ފަހުން ކަމުގައި ވާތީއެވެ.
ޝައިޚު އިބްނު ބާޒް ރަޙިމަހުﷲ ވިދާޅުވިއެވެ.
އިޝްރާޤު ނަމާދަކީ އެއީ ޟުޙާ ނަމާދު އޭގެ އެންމެ ފުރަތަމަ ވަޤުތުގައި ކުރުމެވެ. مجموع فتاوى الشيخ ابن باز 11 / 401

https://islamqa.info/ar/answers/22389/