ޒަކާތް ވާޖިބު ވަނީ ނަޢަމް ސޫފިންނެވެ. (ޖަމަލު، ގެރި، ކަންބަޅި…) އެއީ އެއިން ނިޞާބު ހަމަވެ، ބިމުގައި ހެދޭ ގަސްގަހާގެހިން ކައި ހަދައި އެތަކެތި އަމިއްލައަށް އުޅޭ އަދި އޭގެ ވެރި ފަރާތް އެތަކެތީގެ ކެއުން ބުއިމަށް ޚަރަދެއް ކުރަން ނުޖެހޭ ކަމުގައި ވަނީނަމަ އެވެ.

މިނޫން ޖަނަވާރު ތަކުން ޒަކާތް ނެރޭކަށް ނުޖެހޭނެއެވެ. އެޖަނަވާރަކީ ގަނެވިއްކުމަށް ގެންގުޅޭ ޖަނަވާރެއް ކަމުގައި ނުވާ ނަމަ އެވެ.

ދޫނިތަކަކީ ވިޔަފާރި ކުރުމަށް ގެންގުޅޭ ދޫނިތަކެއް ކަމުގައި ވަނީނަމަ، އެއިން އަހަރު ހަމަވުމުން ޒަކާތް ވާޖިބު ވާނެއެވެ. އެއީ ގަނެވިއްކުމަށް ނޫން އެހެން ބޭނުމެއްގައި ގެންގުޅޭ ދޫނިތަކެއް ކަމުގައި ވަނީނަމަ އެއިން ޒަކާތް ވާޖިބެއް ނުވާނެއެވެ.

އިބްނު ޢުޘައިމީން ރަޙިމަހު ﷲ އާއި ސުއާލު ކުރެވުނެވެ.
ބައެއް މީހުން ދޫނި ގެންގުޅެއެވެ. އެއިން ޒަކާތް ވާޖިބު ވާނެތޯއެވެ؟
ޖަވާބު ދެއްވިއެވެ. “ދޫނިސޫފާސޫފި ގެންގުޅޭ ފަރާތްތަށް އެތަކެތި ގެންގުޅެނީ އެއިން ވިޔަފާރި ކުރުމަށް ކަމުގައި ވަނީނަމަ އެއިން ޒަކާތް ވާޖިބު ވާނެއެވެ. އެހެނީ އެތަކެއްޗަކީ ވިޔަފާރީގެ މުދާ ކަމުގައި ވާތީއެވެ. އެބަހީ އެވިއްކުމުން އެއިން ފައިދާވާ ތަކެތި ކަމުގައި ވާތީއެވެ.

އެކަމަކު އެތަކެތި ގެންގުޅެނީ ކެއުމަށްޓަކައި ކަމުގައި ވަނީނަމަ އަދި އެމީހުންގެ އެއިން ކައި އިތުރު އިތުރުވާ ތަކެތި ވިއްކި ކަމުގައި ވިޔަސް، ޒަކާތް ވާޖިބެއް ނުވާނެއެވެ. އެހެނީ ޒަކާތް ވާޖިބު ވެގެންވަނީ ތިން ވައްތަރެއްގެ ޖަނަވާރުންނެވެ. އެއީ ޖަމަލާއި، ގެރިއާއި ކަންބަޅިންނެވެ. އަދި އެވާޖިބު ވުމަށް ބޭނުންވާ ޝަރުތުތައް ހަމަވުމާއެކުއެވެ.” (މަޖްމޫޢު ފަތާވާ އިބްނު ޢުޘައިމީން (18/54)

ޒަކާތް ނެރޭނީ ކިހިނެއް؟
އަހަރު ވުމުން އަތުގައި އެވަތުތު ހުރި ހުރިހާ ދޫނީގެ ވިއްކާ އަގު (ގަންނަ އަގެއްނޫން ތިބާ ދޫނި ވިއްކާ އަގު) ބަލާފައި އެ އަގުގެ 2.5 ޕަރސެންޓު ޒަކާތުގެ ގޮތުގައި ނެރޭށެވެ.

https://islamqa.info/ar/answers/105320