ރަމަޟާންމަސް ނޫން މަސްތަކުގައި ޢާއްމުގޮތެއްގައި ދަމުނަމަދު ޖަމާޢަތުގައި ކުރުން

ރަމަޟާން މަސް ނޫން މަސްތަކުގައި މިސްކިތުގައި ޖަމާޢަތުގައި ދަމުނަމާދު ކުރުން ވާނީ ބިދުޢައަކަށެވެ.

އެކަމަކު ރަމަޟާން މަސް ނޫން މަސްތަކުގައި ބައެއްފަހަރު އެމީހެއްގެ ގޭގައި ޖަމާޢަތުގައި ދަމުނަމާދު ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެއީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދަމު ނަމާދު އެގޮތަށް ބައެއްފަހަރު ކުރެއްވިކަން ޘާބިތުވާން އޮތީމައެވެ.
އިބްނު ޢައްބާސް، އިބްނު މަސްޢޫދު އަދި ޙުޛައިފަތު ބުން އަލްޔަމާނި ރަޟިޔަ ﷲ ޢަންހުމް، ފަދަ ޞަހާބީންނައިގެން އެކަލޭގެފާނުގެ ގެކޮޅުގައި ޖަމާޢަތުގައި ދަމުނަމާދު އެކަލޭގެފާނު ކުރެއްވި އެވެ. އެއީ ދާއިމީގޮތެއްގައި ކޮންމެ ރެއަކު ނޫނެވެ. އަދި އެކަލޭގެފާނު ދަމުނަމާދު ކުރެއްވީ މިސްކިތަކުވެސް ނޫނެވެ.
އަދި ރަމަޟާން މަސް ނޫން މަހެއްގައި މިހެދޭ ޖަމާޢަތަކީ މީގެ ކުރިން އެންގުމަކާނުލައި އަދި އެކަމަށް ކުރިއާލާ އެއްބަސްވެގެން ހެދޭ ޖަމާޢަތެއް ކަމުގައި ވެގެން ނުވާނެއެވެ. ފަހެ މީހަކު ދަމުނަމާދު ކުރަނިކޮށް ފެނިއްޖެ ހިނދު، އެދެމީހުންގެ މެދުގައި ޖަމާޢަތް ހެދުމަށް ކުރިން އެއްބަސްވުމަކާނުލައި، އެމީހާއާ އެއްކޮށް ދަމުނަމާދު ކުރުން ވާނީ އިބްނު ޢައްބާސް ރަޟިޔަ ﷲ ޢަންހުމާގެ މިޙަދީޘްފުޅުގައި އައިސްފައިވާ ހެންނެވެ.
އެއްރެއެއްގައި އެކަލޭގެފާނު ހޭފުޅުލައްވައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ނަމާދަށް ހުއްޓައި އެކަލޭގެފާނާ އެކު ނަމާދަށް ގުޅިވަޑައިގެންނެވިއެވެ. ވީމައި އެކަމުގައި އެއްވެސް މައްސަލައެއް ނެތެވެ. އެހެނަސް ނަމާދަށް ޖަމާޢަތް ހެދުނީ ކުރީގައި މީހުންގެ މެދުގައި އެއްބަސްވެ ކޮންމެ ރެއެއްގައި ވެސް ޖަމާޢަތް ހަދައި ދަމުނަމާދު ކުރުމަށް ކަމުގައި ވާނަމަ އެއީ ކުރިން ވެސް ބުނެވުނު ފަދައިން ބިދުޢައެކެވެ.

ރޭއަޅުކަމުގެ އަޞްލަކީ ޖަމާޢަތް ނުހަދާ ކުރުމެވެ. ރޭއަޅުކަން ޖަމާޢަތުގައި ކުރުން ސުންނަތްވަނީ ރަމަޟާންމަހުގައި އެކަންޏެވެ. އެހެނިހެން މަސްތަކުގައި ކުރާނީ ވަކިންނެވެ. އެހެންނަމަވެސް ބައެއް ފަހަރު، އާދަޔަކަށް ނުވާގޮތަށް ގޭގެ އަހުލުވެރިންނާއެކު ޖަމާޢަތް ހެދިދާނެއެވެ. އަންނަވި ޙަދީޘްގައިވާ ފަދައިންނެވެ.
عن ابن عباس رضي الله عنه قال : ( بِتُّ عِنْدَ خَالَتِي مَيْمُونَةَ لَيْلَةً فَقَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ اللَّيْلِ فَلَمَّا كَانَ فِي بَعْضِ اللَّيْلِ قَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَتَوَضَّأَ مِنْ شَنٍّ مُعَلَّقٍ وُضُوءًا خَفِيفًا يُخَفِّفُهُ عَمْرٌو وَيُقَلِّلُهُ وَقَامَ يُصَلِّي فَتَوَضَّأْتُ نَحْوًا مِمَّا تَوَضَّأَ ثُمَّ جِئْتُ فَقُمْتُ عَنْ يَسَارِهِ وَرُبَّمَا قَالَ سُفْيَانُ عَنْ شِمَالِهِ فَحَوَّلَنِي فَجَعَلَنِي عَنْ يَمِينِهِ ثُمَّ صَلَّى مَا شَاءَ اللَّهُ ثُمَّ اضْطَجَعَ فَنَامَ حَتَّى نَفَخَ ثُمَّ أَتَاهُ الْمُنَادِي فَآذَنَهُ بِالصَّلاةِ فَقَامَ مَعَهُ إِلَى الصَّلاةِ فَصَلَّى وَلَمْ يَتَوَضَّأْ قُلْنَا لِعَمْرٍو إِنَّ نَاسًا يَقُولُونَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ تَنَامُ عَيْنُهُ وَلا يَنَامُ قَلْبُهُ قَالَ عَمْرٌو سَمِعْتُ عُبَيْدَ بْنَ عُمَيْرٍ يَقُولُ رُؤْيَا الأَنْبِيَاءِ وَحْيٌ ثُمَّ قَرَأَ إِنِّي أَرَى فِي الْمَنَامِ أَنِّي أَذْبَحُكَ ” رواه البخاري (138).

އަބްދުﷲ ބުން އައްބާސް ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެގެން އައިސްފައިވެއެވެ. އެކަލޭގެފާނު ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަނބިކަނބަލުން މައިމޫނާގެ އަރިހުގައި އެއްރޭ މަޑުކުރެއްވިއެވެ. -އެއީ އެކަލޭގެފާނު ބޮޑުދައިތައެވެ – “އަހަރެން ބާލީހުގެ ހުރަހަށް އޮތްއިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަނބިކަބަލުން ބާލީހުގެ ދިގަށްވާގޮތަށް އޮންނެވިއެވެ. ރޭގަނޑުގެ ދެބައިވަންދެން ނުވަތަ އޭގެ ކުޑައިރުކޮޅެއް ކުރިން ނުވަތަ ކުޑަވަގުތުކޮޅެއްގެ ފަހާ ޖެެހެންދެން ނިދިކުރެއްވިއެވެ. އެއަށްފަހު ރަސޫލުﷲޞައްލަﷲ ޢަލައިހިވަސައްލަމަ ނިދިން ތެދުވެވަޑައިގެން، އިށީނދެވަޑައިގަތުމަށްފަހު ނިދިފިލުވާލުމަށްޓަކައި މޫނު ފޮހެލެއްވެވިއެވެ. ދެން އެއަށްފަހުގައި އާލް-ޢިމްރާން ސޫރަތުގެ ފަހު ދިހަ އާޔަތް ކިޔަވާ ވިދާޅުވިއެވެ. ދެން ތެދުވެވަޑައިގެން (ވުޟޫކުރެއްވުމަށްޓަކައި) ފެންއަޅާފައި އެލުވާފައިވާ ކަންވާރުގެ ކަރިއަށް ވަޑައިގަތެވެ. ދެން އެއަށްފަހު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު ނަމާދަށް ތެދުވެވަޑައިގަތެވެ.”


މަރްޖިޢުތައް
الشرح الممتع لابن عثيمين ج/4 ص/82
https://islamqa.info/ar/answers/21210/