13– މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އަކީ ނަބީއެއްކަމުގެ ދަލީލަކީ ކޮބާ؟
ޖަވާބު: އެކަލޭގެފާނަކީ ނަބިއްޔެއްކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. “مَا كَانَ مُحَمَّدٌ أَبَا أَحَدٍ مِنْ رِجَالِكُمْ وَلَكِنْ رَسُولَ اللَّهِ وَخَاتَمَ النَّبِيِّينَ” الأحزاب: ٤٠ މާނަ: “މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަކީ ތިޔަބައިމީހުން ބޮޑެތި ފިރިހެނުންކުރެ އެކެއްގެ ބައްޕަކަމުގައިވެސް ނުވެއެވެ. އަދި އެހެނެއްކަމަކު އެއީ ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި މާތް ކަލޭގެފާނެވެ.”
މިއާޔަތްތަކުން ދަލީލުކޮށްދެނީ ހަމަކަށަވަރުން އެކަލޭގެފާނަކީ ނަބީއެއްކަމަށާއި އަދި އެއީ އެންމެފަހުގެ ނަބިއްޔާކަމަށެވެ. ފަހެ އެކަލޭގެފާނަށްފަހު އައު ނަބިއްޔަކު ފޮނުއްވުމެއް ނުވެއެވެ.
= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ރިސާލާ، ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =