ކޮންމެ މުސްލިމަކު އުނގެނިގަތުމާއި ޢަމަލުކުރުން ވާޖިބުވެގެންވާ ތިން ކަމެއް

18- ކޮންމެ މުސްލިމަކު އުނގެނިގަތުން ޢަމަލުކުރުން ވާޖިބުވެގެންވާ ތިން ކަންތަކަކީ ކޮބާ؟

ޖަވާބު:

ފުރަތަމަ ކަންތައް:

އަހަރެމެން ހެއްދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި އަހަރެމެންނަށް ރިޒްޤުދެއްވަނީ އެއިލާހުކަމާއި އަހަރެމެން ހެއްދެވުމަށްފަހު ހިތުހުރިހައި ގޮތަކަށް އުޅެން އެއިލާހު އަހަރެމެން ދޫނުކުރައްވާކަމާއި އަދި ކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިކަމާއި، އެރަސޫލާއަށް ކިޔަމަންތެރިކަން އަދާކޮށްފިމީހާ ސުވަރުގެ ވަންނާނޭކަމާއި އެ ރަސޫލާއަށް އުރެދިއްޖެމީހާ ނަރަކައަށް ވަންނާނޭކަން

 ދެވަނަކަންތައް:

ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއްވެސް އަޅުކަމެއްގައި އެއްވެސް ޝިރުކެއް ކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވާކަން، އެއީ އެކަން ކުރަނީ އެއިލާހުގެ މަލާއިކަތެއްކަމުގައިވިޔަސް އަދި ފޮނުއްވިގެންވާ ނަބީއެއް ކަމުގައިވިޔަސް މެއަ.

 ތިންވަނަކަންތައް:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވެ، ﷲސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް، ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވާކަން

= ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބް ލިޔުއްވާފައިވާ ދަލާއިލުއްތައުޙީދި (ތައުޙީދުގެ ދަލީލުތައް) ގެ ތަރުޖަމާ =