الْقَاعِدَةُ الثَّالِثَةُ

 أَنَّ النَّبِيَّ ـ صَلَّى اللهُ عَلَيْهِ وَسَلَّمَ ـ ظَهَرَ عَلَى أُنَاسٍ مُتَفَرِّقِينَ فِي عِبَادَاتِهِمْ، مِنْهُمْ مَنْ يَعْبُدُ الْمَلائِكَةَ، وَمِنْهُمْ مَنْ يَعْبُدُ الأَنْبِيَاءَ وَالصَّالِحِينَ، وَمِنْهُمْ مَنْ يَعْبُدُ الأَشْجَارَ وَالأَحْجَارَ، وَمِنْهُمْ مَنْ يَعْبُدُ الشَّمْسَ وَالْقَمَرَ، وَقَاتَلَهُمْ رَسُولُ اللهِ ـ صَلَّى اللهُ عَلَيْهِ وَسَلَّمَ ـ وَلَمْ يُفَرِّقْ بَيْنَهُمْ؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ وَقَاتِلُوهُمْ حَتَّى لاَ تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلّه ﴾. وَدَلِيلُ الشَّمْسِ وَالْقَمَرِ؛ قَوْلُهُ تَعَالَى: ﴿ وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لاَ تَسْجُدُوا لِلشَّمْسِ وَلاَ لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ ﴾. وَدَلِيلُ الْمَلائِكَةِ؛ قَوْلُهُ تَعَالَى:﴿ وَلاَ يَأْمُرَكُمْ أَن تَتَّخِذُواْ الْمَلاَئِكَةَ وَالنِّبِيِّيْنَ أَرْبَاباً… ﴾. وَدَلِيلُ الأَنْبِيَاءِ؛ قَوْلُهُ تَعَالَى: ﴿ وَإِذْ قَالَ اللّهُ يَا عِيسَى ابْنَ مَرْيَمَ ءَأَنتَ قُلتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَـهَيْنِ مِن دُونِ اللّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ﴾

وَدَلِيلُ الصَّالِحِينَ؛ قَوْلُهُ تَعَالَى: ﴿ أُولَـئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ… ﴾ . وَدَلِيلُ الأَشْجَارِ وَالأَحْجَارِ؛ قَوْلُهُ تَعَالَى: ﴿ أَفَرَأَيْتُمُ اللاَّتَ وَالْعُزَّى * وَمَنَاةَ الثَّالِثَةَ الأُخْرَى ﴾

وَحَدِيُث أَبِي وَاقِدٍ اللَّيْثِيِّ ـ رَضِيَ اللهُ عَنْهُ ـ قَالَ: خَرَجْنَا مَعَ النَّبِيِّ ـ صَلَّى اللهُ عَلَيْهِ وَسَلَّمَ ـ إِلَى حُنَيْنٍ وَنَحْنُ حُدَثَاءُ عَهْدٍ بِكُفْرٍ، وَلِلِمُشْرِكِينَ سِدْرَةٌ، يَعْكُفُونَ عِنْدَهَا وَيُنَوِّطُونَ بِهَا أَسْلِحَتَهُمْ، يُقَالَ لَهَا ذَاتُ أَنْوَاطٍ، فَمَرَرْنَا بِسِدْرَةٍ فَقُلْنَا: يَا رَسُولَ اللهِ اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أَنْوَاطٍ. الحَدِيثَ.

ތިންވަނަ ޤަވާޢިދު

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނީ ތަފާތު ބާވަތްތަކުގެ އަޅުކަންތައް ކޮށްއުޅުނު ބައެއްގެ ގާތަށެވެ. އޭގެ ތެރޭގައި މަލާއިކަތުންނަށް އަޅުކަންކުރާ މީހުންނާއި، ނަބީންނާއި ޞާލިޙް އަޅުންނަށް އަޅުކަންކުރާ މީހުންނާއި، ގަސްގަހާގެއްސަށާއި ހިލަޔަށް އަޅުކަންކުރާ މީހުންނާއި އިރާއި ހަނދަށް އަޅުކަންކުރާމީހުން ހިމެނެއެވެ. ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެހުރިހާ އެންމެންނާ ހަނގުރާމަ ކުރެއްވެވި އެވެ. އެބައިމީހުންގެ މެދުގައި ފަރަޤުކުރުމެއް ނެތިއެވެ. އެކަމުގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. وَقَاتِلُوهُمْ حَتَّى لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ كُلُّهُ لِلَّهِ فَإِنِ انْتَهَوْا فَإِنَّ اللَّهَ بِمَا يَعْمَلُونَ بَصِيرٌ (الأنفال 39)  މާނަ: އަދި ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރާށެވެ. ފިތުނަވެރިކަން އެކުގައި ނެތި ދަންދެން އަދި މުޅި ދީން ﷲއަށްޓަކާ ކަމުގައި ވެއްޖައުމަށް ދާނދެނެވެ.

އިރާއި ހަނދުގެ ދަލީލަކީ ؛ وَمِنْ آَيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ (فصلت 37)  މާނަ: ރޭގަނޑާއި ދުވާލާއި، އިރާއި، ހަނދަކީ، އެއިލާހުގެ (ކުޅަދުންވަންތަކަމުގެ) ހެކިތަކުގެ ތެރެއިން ވާތަކެއްޗެވެ. ތިޔަބައިމީހުން އިރަށާއި، ހަނދަށް ސަޖިދަ ނުކުރާށެވެ. އަދި އެތަކެތި ހެއްދެވި ﷲއަށް ތިޔަބައިމީހުން ސަޖިދަކުރާށެވެ. (އެއީ) ހަމައެކަނި އެއިލާހަށް ތިޔަބައިމީހުން އަޅުކަންކުރާ ކަމުގައި ވާނަމައެވެ.”

މަލާއިކަތުންގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ (آل عمران 80)  މާނަ: “އަދި މަލާއިކަތުންނާއި ނަބީބޭކަލުންނަކީ، ރައްބުންކަމުގައި ހަދާކަށް އެފަރާތުން ތިޔަބައިމީހުންނަކަށް އަމުރެއްނުކުރައްވާނެއެވެ. ތިޔަބައިމީހުން މުސްލިމުންކަމުގައި ވުމަށްފަހު ކާފިރުވުމަށް އެއިލާހު ތިޔަބައިމީހުންނަށް އަމުރުކުރައްވާނެހެއްޔެވެ؟”

ނަބިއްޔުންގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. وَإِذْ قَالَ اللَّهُ يَا عِيسَى ابْنَ مَرْيَمَ أَأَنْتَ قُلْتَ لِلنَّاسِ اتَّخِذُونِي وَأُمِّيَ إِلَهَيْنِ مِنْ دُونِ اللَّهِ قَالَ سُبْحَانَكَ مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ إِنْ كُنْتُ قُلْتُهُ فَقَدْ عَلِمْتَهُ تَعْلَمُ مَا فِي نَفْسِي وَلَا أَعْلَمُ مَا فِي نَفْسِكَ إِنَّكَ أَنْتَ عَلَّامُ الْغُيُوبِ (المائدة 116) މާނަ: ﷲ ވަޙީކުރެއްވި ހިނދު ހަނދުމަކުރާށެވެ. އޭ މަރްޔަމްގެ (ޢަލައިހައްސަލާމް) ގެ ދަރިކަލުން ޢީސާ (ޢަލައިހިއްސަލާމް) އެވެ. ﷲ ފިޔަވައި، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމާފުޅަކީ ދެއިލާހުން ކަމުގައި ތިޔަބައިމީހުން ހިފާށޭ ކަލޭގެފާނު މީސްތަކުންނަށް ވިދާޅުވީމުތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ! ބުނުމުގެ ޙައްޤެއް މިއަޅާޔަށް ލިބިގެންނުވާ ބަހެއްބުނުން، މިއަޅާއަކަށް ނުވެއެވެ. މިއަޅާ އެބަސްބުނިކަމުގައި ވީނަމަ، އިބައިލާހު އެކަން ދެނެވޮޑިގެންވާނެކަން ކަށަވަރެވެ. މިއަޅާގެ ހިތުގައިވާ ކަންތައްވެސް، އިބައިލާހު ދެނެވޮޑިގެންވަމުއެވެ. އިބައިލާހުގެ ޒާތުފުޅުގައިވާ އެއްވެސްކަމެއް މިއަޅާއަކަށް އެނގިގެނެއް ނުވެއެވެ. ހަމަކަށަވަރުން، އިބައިލާހީ، ޣައިބުތައް ދެނެގަތުން ބޮޑުވެގެންވާ އިލާހެވެ.”

ޞާލިޙުންގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. أُولَئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَى رَبِّهِمُ الْوَسِيلَةَ أَيُّهُمْ أَقْرَبُ وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا (الإسراء 57) މާނައީ: “މުޝްރިކުން (ﷲ ފިޔަވައި، އިލާހުން ކަމަށް ހަދައިގެން އެގޮވާ ޞާލިޙުއަޅުން) ޚުދު އެބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވުމުގެ ވަޞީލަތް ހޯދަތެވެ. އެބައިމީހުންކުރެ އެންމެ ކުއްތަންވެވެނީ ކާކަށްތޯ ބަލަތެވެ. އަދި އެކަލާނގެ ރަޙްމަތަށް އުއްމީދުކޮށް އެކަލާނގެ ޢަޛާބަށް ބިރުވެތިވެއެވެ. ހަމަކަށަވަރުން ތިބާގެ ވެރިރަސްކަލާނގެ ޢަޛާބު ބިރުގަނެވޭ އެއްޗެއް ކަމުގައިވެއެވެ.”

ގަހާއި ހިލައިގެ ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ މިބަސްފުޅެވެ. أَفَرَأَيْتُمُ اللَّاتَ وَالْعُزَّى * وَمَنَاةَ الثَّالِثَةَ الأُخْرَى [النجم:19-20] މާނައީ: “(އޭ ކާފަރުވި މީސްތަކުންނޭވެ!) ތިޔަބައިމީހުން ލާތައާއި ޢުއްޒާއާއި، އަދި އެހެން ތިންވަނަ (ބުދެއްކަމުގައިވާ) މަނާތުގެ ޚަބަރު ނިކަން ދީބަލާށެވެ. (އެތަކެއްޗަކީ އިލާހުންތަކެއްކަމުގައި ތިޔަބައިމީހުން ބުނާއިރު ﷲ އަށް ލިބިގެންވާ އެއްވެސް ސިފަފުޅެއް އެތަކެއްޗަށް ލިބިގެންވޭ ހެއްޔެވެ؟)”

އަދި މާތްﷲ ރުއްސުން ލެއްވި  أبو وَاقِد اللَّيثي ގެ ކިބައިން ރިވާވެގެންވާ ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “خَرَجْنَا مَعَ رَسُولِ اللهِ صلّى الله عليه وسلّم  إِلَى حُنَيْنٍ، وَنَحْنُ حُدَثاَءُ عَهْدٍ بِكُفْرٍ، وَلِلْمُشْرِكِينَ سِدْرَةٌ يَعْكُفُونَ عِنْدَهَا وَيَنُوطُونَ بِهَا أَسْلِحَتَهُم يُقَالُ لَهَا ذَاتُ أَنْوَاطٍ، فَمَرَرْنَا بِسِدْرَةٍ فَقُلْنَا: يَارَسُولَ اللهِ! اجْعَلْ لَنَا ذَاتَ أَنْوَاطٍ كَمَا لَهُمْ ذَاتُ أنَْوَاطٍ، فَقَالَ رَسُولُ اللهِ صلّى الله عليه وسلّم “اللهُ أَكْبَرُ! إِنَّهَا السُّنَنُ، قُلْتُمْ وَالَّذِي نَفْسِي بِيَدِهِ  كَمَا قَالَتْ بَنُو إِسْرَائِيْلَ لِمُوسَى: “اجْعَل لَنَا إِلَهاً كَمَا لَهُمْ آلِهَةٌ قَالَ إِنَّكُمْ قَوْمٌ تَجْهَلُونَ ” (الأعراف: 138)   لَتَرْكَبُنَّ سُنَنَ مَنْ كَانَ قَبْلَكُمْ” (رواه الترمذي وصحّحه)

މާނައީ: ޙުނައިނު ހަނގުރާމައަށް ދިއުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއެކުގައި އަހުރެމެން ނިކުމެއްޖައީމުއެވެ. އަދި އެއީ އަހުރެމެން އިސްލާމްވީ ދުވަސްވަރު ކަމަށްވާތީވެ، އަހުރެމެންނަކީ އެވަގުތު އިސްލާމްދީނަށް މުޅިން އާ ބަޔަކީމުއެވެ. (ދެން އަހުރެމެން ޙުނައިނާ ދިމާލަށް ހިނގާފައި ދިޔަމަގު މަތިން) މުޝްރިކުންގެ ކުންނާރު ގަހަކާ ދިމާވިއެވެ. އެގަސް ކައިރީގައި (ބަރަކާތް ހާސިލުކުރުމުގެ ނިޔަތުން) އެބައިމީހުން އިށީއިދެއުޅެތެވެ. އަދި އެބައިމީހުންގެ ހަތިޔާރުތައް އެގަހުގައި (ބަރަކާތަށްޓަކައި) އެލުވާ އުޅެތެވެ. އެބައިމީހުން އެގަހަށް “ޛާތު އަންވާޠު” އޭ (އެލުވިފައިވާ އެއްޗެހި ތަކެއްގެ ވެރިގަހެވެ.) ކިޔައި އުޅެތެވެ. ދެން ފަހެ އަހުރެމެންވެސް ކުންނާރު ގަހެއް ކަޑައްތުކޮށްފައި ދަމުން ދަންނަވައިފީމުއެވެ. އޭ ﷲގެ ރަސޫލާއެވެ! އެ މުޝްރިކުންނަށް “ޛާތު އަންވާޠު” އެއްވާފަދައިން އަހުރެމެންނަށްވެސް “ޛާތު އަންވާޠު” އެއް މުޤައްރަރު ކޮށްދެއްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ (ޙައިރާން ވެވަޑައިގެން) “ﷲ އަކްބަރު” އޭ ވިދާޅުވެ ޙަދީޘްފުޅުކުރެއްވިއެވެ. ހަމަކަށަވަރުން އެއީ (މަގުފުރެދިފައިވާ މީހުންގެ) ގޮތްތަކެކެވެ. ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިޔަބައިމީހުން ތިޔަބުނީ މުސާގެފާނަށް ބަނީ އިސްރާއީލު މީސްތަކުން ބުނިފަދައިންނެވެ. (އެބައިމީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްވެގެން މޫސާގެ ފާނާއި އެކުގައި ދަނިކޮށް މުޝްރިކުންތަކެއް ބުދަށް އަޅުކަން ކުރާތަން ފެނިފައި މޫސާގެފާނަށް ބުންޏެވެ. އޭ މޫސާއެވެ!) “އެބައިމީހުންނަށް އިލާހުންތަކެއް ވާފަދައިން އަހުރެމެންނަށްވެސް އިލާހުންތަކެއް މުޤައްރަރުކޮށް ދެއްވާށެވެ. މޫސާގެފާނު ވިދާޅުވިއެވެ. ހަމަކަށްވަރުން ތިޔަބައިމީހުންނަކީ ޖާހިލުބައެކެވެ.” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅުކުރެއްވިއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުންވެސް ކުރީގެ މީސްތަކުންގެ ގޮތްތަކަށް ސަވާރުވާނެތެވެ.”

ނުނިމޭ