الْقَاعِدَةُ الرَّابِعَةُ
أَنَّ مُشْرِكِي زَمَانِنَا أَغْلَظُ شِرْكًا مِنَ الأَوَّلِينَ، لأَنَّ الأَوَّلِينَ يُشْرِكُونَ فِي الرَّخَاءِ، وَيُخْلِصُونَ فِي الشِّدَّةِ، وَمُشْرِكُو زَمَانِنَا شِرْكُهُمْ دَائِمٌ فِي الرَّخَاءِ وَالشِّدَِّة؛ وَالدَّلِيلُ قَوْلُهُ تَعَالَى: ﴿ فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ ﴾
ހަތަރުވަނަ ޤަވާޢިދު
ހަމަކަށަވަރުން އަހަރެމެންގެ ޒަމާނުގެ މުޝްރިކުން، ކުރީގެ (އެބަހީ ޖާހިލިއްޔަ ޒަމާނުގެ) މުޝްރިކުންނަށްވުރެ ޝިރުކުކުރުމުގައި ހައްދުފަހަނައަޅާފައިވާލެއް ބޮޑެވެ. އެހެނީ، ކުރީގެ މުޝްރިކުން ޝިރުކުކޮށް އުޅުނީ ލުއިފަސޭހަކަން ލިބިގެންވާ ވަގުތުއެވެ. އަދި އުނދަގުލާއި މުޞީބާތުގެ ވަގުތުތަކުގައި އިޚްލާޞްތެރިވެއެވެ. ނަމަވެސް އަހަރެމެންގެ ޒަމާނުގެ މުޝްރިކުންގެ ޝިރުކުކުރުން ވަނީ، ލުއިފަސޭހަ ވަގުތުތަކުގަޔާއި އުދަނގުލާއި މުޞީބާތުގެ ވަގުތުތަކުގައި ދާއިމުވެފައެވެ. ދަލީލަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަސްފުޅު فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ (العنكبوت:65) ފަހެ، އެއުރެން ނަވަށް އެރިހިނދު، އެއިލާހަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި ﷲއަށް އެއުރެން ދުޢާކުރެއެވެ. ފަހެ އެއިލާހު އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން އެއިލާހަށް ޝަރީކުކުރެއެވެ.
އަލްޙަމްދު ލިﷲ ނިމުނީ.