آللهُ الَّذِيْ أَمَرَكَ بِهَذَا ؟ قَالَ : نَعَمْ ، قَالَتْ : إِذَنْ لَا يُضَيِّعْنَا ” – رواه البخاري 3184 –
މިކަމަށް އަމުރު ކުރެއްވީ ﷲ ހެއްޔެވެ؟ އިބްރާހީމްގެފާނު ވިދާޅުވިއެވެ. “އާއެކެވެ.” އެކަމަނާ ވިދާޅުވިއެވެ. “އެހެންވިއްޔާ ﷲ ތަޢާލާ އަހަރެމެން ގެއްލެނި ނުކުރައްވާނެއެވެ”
މިފަދައިން ވިދާޅުވި ކަމަނާއަކީ، އަންނަނިވި ޢިބާރާތް ވިދާޅުވި ދަރިފުޅު، ތަރުބިއްޔަތު ކުރެއްވި ކަމަނާއެވެ.
يَا أَبَتِ افْعَلْ مَا تُؤْمَرُ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّابِرِينَ – الصافات 102-
“އޭ ބައްޕާއެވެ. ކަލޭގެފާނަށް އަމުރު ކުރައްވާ ކަންތައް ކަލޭގެފާނު ކުރައްވާށެވެ. ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވަނީ، ކެތްތެރިންގެ ތެރެއިންކަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ”