ހާސްވެ ކަންބޮޑުވުމުގެ ވަޤުތުތަކުގައި ނަފުސުތަކަށް ހަމަޖެހުން ވައްދައިދިނުން

* ޔޫސުފް ޢަލައިހިއްސަލާމް، އޭނާގެ އަޚަށް ވިދާޅުވިއެވެ.
فَلَا تَبْتَئِسْ – يوسف 69
“ފަހެ ތިބާ މާޔޫސް ނުވާށެވެ.”
މަދްޔަނުގެ ދެ އަންހެން ކުދިންގެ ބައްޕާ، މޫސާ ޢަލައިހިއްސަލާމަށް ވިދާޅުވިއެވެ.
لَا تَخَفْ – القصص 25
“ތިބާ ބިރު ނުގަންނާށެވެ.”
މުޙައްމަދު ޞައްލަﷲ ޢަލައިހިއްސަލާމް، އަބޫބަކުރު ރަޟިޔަﷲ ޢަންހަށް ވިދާޅުވިއެވެ.
لَا تَحْزَنْ- التوبة 40
“ތިބާ ހިތާމަ ނުކުރާށެވެ.”
– ހާސްވެ ކަންބޮޑުވުމުގެ ވަޤުތުތަކުގައިވެސް ނަފުސުތަކަށް ހަމަޖެހުން ވައްދައިދިނުމަކީ ނަބަވީ މަންހަޖެވެ.-