ހެޔޮކަމެއްގެ ސޫރާގައި ހުރިކަމުގައިވިޔަސް ނުބައި ނިޔަތެއްގައި އެކަމެއް ކުރުމަކީ ﷲ ތަޢާލާ ނުރުއްސަވާ ކަމެކެވެ.

މިއާޔަތުގައި ބަޔާންވެފައިމިވަނީ އިސްލާމްދީނުގައި އެންމެ ބޮޑު އެއް ހެޔޮ ޢަމަލުގެ ގޮތުގައި ބެލެވޭ ﷲ ގެ ގެކޮޅު އާދެ މިސްކިތް ބިނާކުރި ބައެއްގެ ވާހަކައެވެ. ޘަވާބާއި ދަރުމައިގެ ގޮތުން ބޮޑު ޢަމަލެކެވެ. އެހެންނަމަވެސް އެ ޢަމަލު ކުރި ނިޔަތް ޚަރާބު ވުމުގެ ސަބަބުން އެ ޢަމަލު ޤަބޫލު ނުކުރެއްވީއެވެ.

وَالَّذِينَ اتَّخَذُوا مَسْجِدًا ضِرَارًا وَكُفْرًا وَتَفْرِيقًا بَيْنَ الْمُؤْمِنِينَ وَإِرْصَادًا لِّمَنْ حَارَبَ اللَّهَ وَرَسُولَهُ مِن قَبْلُ  وَلَيَحْلِفُنَّ إِنْ أَرَدْنَا إِلَّا الْحُسْنَىٰ  وَاللَّهُ يَشْهَدُ إِنَّهُمْ لَكَاذِبُونَ – التوبة 107

އަދި (މުއުމިނުންނަށް) ގެއްލުން ދިނުމަށާއި، ކާފިރުކަމަށާއި، މުއިމިނުންގެ ދެމެދުތައް ވަކިކުރުމަށާއި، ކުރިން ﷲ އާއި ރަސޫލާއާ ހަނގުރާމަކުރި މީހުންނަށްޓަކައި، ބަލަބަލާ ތިބުމަށާއި (މިކަންކަމަށްޓަކައި) މިސްކިތެއް ހަދައިގެން އުޅުނު މީހުންވެސް އެއުރެންގެ ތެރެއިންވެއެވެ. ހެޔޮގޮތް މެނުވީ ތިމަންމެން ގަސްދެއް ނުކުރަމުއޭ ކިޔައި، އެއުރެން ހުވާކުރާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، އެއުރެންނީ ދޮގުހަދާ ބަޔެއްކަމަށް، ﷲ ހެކިވެވޮޑިގެންވެތެވެ.

މުޑުދާރު ނިޔަތާއި ނުބައި މަޤްޞަދަކީ، އެ ކުރާ ޢަމަލުގައި ހެޔޮ ޢަމަލުގެ ޞިފަ ޖެހިފައިނީނަމަވެސް، އެ ޢަމަލުތައް ފާސިދުކުރާ ކަންކަމެވެ. އަދި އެފަދަ ޢަމަލުތަކަކީ އެއްވެސް ޙާލެއްގައި ﷲ ތަޢާލާ ލޯބިވެވޮޑިގެންވާ ޢަމަލުތަކެއް ނޫނެވެ.

_ޢާމިރު ބިން ޢީސާ- ތަދައްބުރު-