ތާބިޢީންގެ ތެރެއިން ތަފްސީރު ޢިލްމަށް މަޝްހޫރު ބޭކަލުން

ތާބިޢީންގެ ތެރެއިން ގިނަ ބޭކަލުންތަކެއް ތަފްސީރު ޢިލްމުގައި މަޝްހޫރުވެފައިވެއެވެ. އެބޭކަލުންނަކީ ޞަޙާބީންގެ ތެރެއިން ތަފްސީރު ޢިލްމުގައި އަރާހުންނެވި ބޭބޭކަލުންނަށް ދަރިވަރުވެވަޑައިގެންނެވި ބޭކަލުންނެވެ. އެގޮތުން ތާބިޢީންގެ ތެރެއިން މަޝްހޫރު ތަފްސީރު ޢިލްމުވެރިންނަކީ:

1- މުޖާހިދު ބުނު ޖަބަރު ރަޙިމަހުﷲ

2- ސަޢީދު ބުނު ޖުބައިރު ރަޙިމަހުﷲ

3- ޢަޠާ ބުނު އަބީ ރަބާޙް ރަޙިމަހުﷲ

4- ޢިކްރިމާ ރަޙިމަހުﷲ

5- ޙަސަނުލް ބަޞަރީ ރަޙިމަހުﷲ

6- ޒައިދު ބުނު އަސްލަމް ރަޙިމަހުﷲ

7- ޤަތާދަތު ރަޙިމަހުﷲ