ތަރުބިއްޔަތައިގެން މަސައްކަތްކުރުމުގެ މުހިއްމުކަން

ފަރުދުންގެ ޙައްޤުގައި ތަރުބިއްޔަތައިގެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ދަރީންނާއި އަދި އެނޫންވެސް ތަރުބިއްޔަތަށް ބޭނުންޖެހިފައިވާ ކޮންމެ ފަރުދެއްގެ ޙައްޤުގައި މިއީ ވަރަށް މުހިއްމު ކަމެކެވެ. އެއީ އެބައެއްގެ ދަށުގައި ބަޔަކު ލައްވާފައިވާ ކޮންމެ ބަޔަކާ ﷲ ތަޢާލާ ޙަވާލުކުރައްވާފައިވާ މައްސޫލިއްޔަތެކެވެ. އެކަމާމެދު ސުވާލު ވެވޭނެ ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ) -رواه البخاري ومسلم މާނައަކީ: “ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމްމީހާ ނުވަތަ ގައުމުގެ ވެރިޔާ އަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ. ފިރިމީހާ އަކީ އޭނާގެ އަހުލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާ ސުވާލުކުރެވޭނެއެވެ. އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ މަސްޢޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމް މީހާ އަކީ އޭނާގެ ސާހިބު މީހާގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާ ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެނިވެރިޔެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ”.

ތަރުބިއްޔަތުގެ ވަރަށް ގިނަ ފައިދާތަކެއް ވެއެވެ. ފަރުދުންނަށާއި ޢާއިލާއަށާއި މުޖްތަމަޢަށް މި ފައިދާތައް ފޯރައެވެ.

أصول التربية الإسلامية

أ.د. خالد بن حامد الحازمي

أستاذ التربية الإسلامية

الجامعة الإسلامية بالمدينة المنورة