ސުވާލު: މުސްލިމުން ދެކޭ ގޮތުގައި ޤިޔާމަތްދުވަހު އެތީސްޓުންނަށް ހުރި ނިމުމަކީ ކޮބައިތޯއެވެ؟

ޖަވާބު:
ޙަމްދުހުރީ ﷲ އަށެވެ.
އާޚިރަތްދުވަހު އެތީސްޓުންނަށް ހުރި ނިމުމަކީ ނަރަކައެވެ. އެއީ، އީމާންވާންޖެހޭ އެންމެ މައިގަނޑު އަސާސް ކަމުގައިވާ ﷲ ވޮޑިގެންވުމާއި އެއިލާހުގެ އެއްކައުވަންތަކަމަށް އީމާންވާން އެތީސްޓުން ދެކޮޅުހަދާތީއެވެ. އަޅުގަނޑުމެން އެންމެންނަށް ހިދާޔަތް ދައްކަވައި، ތެދުމަގުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި، ހުރިހާ ކަމެއްގައި މަދަދު ދެއްވާ މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ކުރަމެވެ.

 

ފަތުވާގެ އަޞްލު ވިދާޅުވުމަށް މިލިންކަށް އޮބާލައްވާ!