ތިބާ ނަރަކައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ މީހުންނަކީ ޙަޤީޤަތުގައިވެސް ތިބާ ދެކެ ލޯބިވާ މީހުންނެވެ.

ތިބާ ފާފައެއް ކުރާތީ އެފާފައިން ތިބާ ސަލާމަތްކުރުމަށް، ގޯސްކަންކަން ކުރުން ހުއްޓާލުމަށް، އުޅުން އިޞްލާޙުކުރުމަށް، ނަމާދު ކުރުމަށް، ﷲ އަށް ބިރުވެތިވުމަށް ނަޞީޙަތްތެރިވާ މީހަކީ ޙަޤީޤަތުގައި ތިބާދެކެ އެންމެ ބޮޑަށް ލޯބިވާ މީހާއެވެ. ތިބާ ދެކެ ޙަޤީޤީ ލޯބިވާ މީހެއްނަމަ، ތިބާ ނަރަކައަށް ވަންނާކަށް އޭނާ ނޭދޭނެއެވެ. އޭނާ ތިބާއަށް ނަޞީޙަތްތެރިވާނެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ބައްޕައަށް ނަޞީޙަތް ދެއްވިފަދައިންނެވެ.

يَا أَبَتِ إِنِّي أَخَافُ أَن يَمَسَّكَ عَذَابٌ مِّنَ الرَّحْمَٰنِ فَتَكُونَ لِلشَّيْطَانِ وَلِيًّا – مريم 45

އޭ ބައްޕާއެވެ! ހަމަކަށަވަރުން، ރަޙްމާންވަންތަ އިލާހުގެ ޙަޟްރަތުން ޢަޛާބެއް އައިސް، ބައްޕައަށް ޖެހިދާނެކަމަށް އަހުރެން ބިރުގަނެއެވެ. އޭރުން ބައްޕަ ވާހުށީ، ޝައިޠާނާގެ އެހީތެރިޔެއް ކަމުގައެވެ.