އިސްލާމީ ޝަރީޢަތުގައި ބާރުއަޅުއްވާފައިވަނީ ހުރިހާ ޙާލަތްތަކުގައިވެސް ޢައުރަނިވާކުރުމަށެވެ. ޢައުރަ ކަޝްފުނުކޮށް ނުވާ ޙާލަތްތަކުގައި މެނުވީއެވެ. އެއީ މިސާލަކަށް ފެންވެރުމާއި ޖިމާޢުވުމާއި ޤަޟާ ޙާޖަތްކުރުން ފަދަ ޙާލަތްތަކެވެ. މިފަދަ ސަބަބެއް ނެތްނަމަ އުޅެންވާނީ ޢައުރަ ނިވާކޮށްގެންނެވެ. މިކަމުގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.

عن معاوية بن حيدة القشيري، رضي الله عنه، قَالَ: قُلْتُ: ” يَا رَسُولَ اللَّهِ؛ عَوْرَاتُنَا مَا نَأْتِي مِنْهَا وَمَا نَذَرُ؟ قَالَاحْفَظْ عَوْرَتَكَ إِلَّا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ،  قَالَ: قُلْتُ: يَا رَسُولَ اللَّهِ، إِذَا كَانَ الْقَوْمُ بَعْضُهُمْ فِي بَعْضٍ؟ قَالَ:  إِنِ اسْتَطَعْتَ أَنْ لَا يَرَيَنَّهَا أَحَدٌ فَلَا يَرَيَنَّهَا، قَالَ: قُلْتُ: يَا رَسُولَ اللَّهِ إِذَا كَانَ أَحَدُنَا خَالِيًا؟ قَالَ:  اللَّهُ أَحَقُّ أَنْ يُسْتَحْيَا مِنْهُ مِنَ النَّاسِ رواه أبو داود (4017)، والترمذي (2769)، وحسنه الألباني.

މުޢާވިޔަތު ބުން ޙައިދަތުލް ޤުޝައިރީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “އޭ މާތް ﷲ ގެ ރަސޫލާއެވެ. އަހަރެމެންގެ ޢައުރައާމެދު އަހަރެމެން ކަންތައްކުރަންވީ ކިހިނަކުންތޯއެވެ؟ (ޢައުރަ ކަޝްފުކުރުމާއި ފޮރުވުން އޮންނަނީ ކޮން ޙާލަތްތަކެއްގައިތޯއެވެ) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަނބިމީހާއާއި މިލްކުވެގެންވާ އަޅު އަންހެނުންނަށް މެނުވީ ތިބާގެ ޢައުރައަށް ރައްކާތެރިވާހުށިކަމެވެ.” މުޢާވިޔަތު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “ފިރިހެނަކު ފިރިހެނުންގެ ތެރޭގައި ކޮންފަދަތޯއެވެ؟ (ޢައުރަ ކަޝްފުކުރެވިދާނެތޯއެވެ)” ޙަދީޘްކުރެއްވިއެވެ. “ތިބާގެ ޢައުރަ ކަޝްފުނުކޮށްވާނެ ގޮތެއް އޮތްނަމަ ތިބާ މީހަކަށް ޢައުރަ ފެނުނަ ނުދޭހުށިކަމެވެ.” ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “އަހަރެމެންގެ ތެރެއިން މީހަކު އެކަނި ހުރިނަމަވެސްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނަށް ލަދުގަތުމަށްވުރެ، މާތް ﷲ އަށް (ބައްލަވާވޮޑިގަންނަވާނެކަމަށް) ލަދުވެތިވުން މާ ޙައްޤުކަންބޮޑުވެގެންވެއެވެ.”

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. “އެކަހެރިވެގެންވާ ޙާލަތުގައިވެސް ޢައުރަ ނިވާކުރުމަށް އަމުރުވެވިފައިވެއެވެ. އަދި ގިނަ ޢިލްމުވެރިންގެ އަރިހުގައި އެއީ ވާޖިބުކަމެކެވެ.” مجموع الفتاوى” (21/328)، وينظر أيضا: “شرح العمدة” (1/400-406)، (4/255-258).

މައުސޫއަތުލް ފިޤްހިއްޔާގައި އައިސްފައިވެއެވެ. “މީސްތަކުން ލޯތަކުގެ ކުރިމަތީގައި ޢައުރަނިވާކުރުން ވާޖިބުވެގެންވާ ފަދައިން، އިންސާނާ އެކަހެރިވެ ހުންނަ ޙާލަތުގައިވެސް ޢައުރަނިވާކުރުން ވާޖިބުވެގެންވެއެވެ.  އެކަހެރިވެހުންނަ ޙާލަތުގައި ޢައުރަނިވާކުރުން ވާޖިބުކަމަށް ދެކެނީ ޙަނަފީ މަޛްހަބުގައެވެ. (މިމައްސަލާގައި ޙަނަފީ މަޛްހަބުގައި ވާރިދުވެފައިވާ ބަސްފުޅުތަކުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅަކީ ވާޖިބުކަމަށް ބުނެވޭ ބަސްފުޅެވެ.) އަދި މި މައްސަލާގައި ޝާފިޢި މަޛްހަބާއި ޙަންބަލީ މަޛްހަބުގައިވެސް އެއީ ވާޖިބެކެވެ. އެކަނި ހުންނަ މީހާ ޢައުރަ ނިވާކުރުމަކީ މާލިކީ މަޛްހަބުގައި ސުންނަތްވެގެންވާ (މަންދޫބު) ކަމެކެވެ.

އެކަހެރިވެ ހުންނައިރު ޢައުރަ ނިވާކުރަންޖެހޭ ސަބަބަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އަދި މަލާއިކަތުންނަށް ލަދުވެތިވުމުގެ ގޮތުންނެވެ. އެކަހެރިވެހުންނައިރު ޢައުރަ ނިވާކުރުން ވާޖިބުކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވަނީ ޢައުރަ ނިވާކުރުމަށް އައިސްފައިވާ މުޠްލަޤު އަމުރު މި ޙާލަތުގައިވެސް ދެމިއޮންނާނޭކަމުގައެވެ. އެހެނީ ﷲ ތަޢާލާއަށް ލަދުވެތިވުން ޙައްޤުކަން ބޮޑެވެ. ބަހްޒު ބުން ޙަކީމްގެ ޙަދީޘްގައިވެއެވެ.

عَنْ بَهْزِ بْنِ حَكِيمٍ عَنْ أَبِيهِ عَنْ جَدِّهِ قَالَ: قُلْتُ: يَا رَسُولَ اللَّهِ: عَوْرَاتُنَا مَا نَأْتِي مِنْهَا وَمَا نَذَرُ؟ قَالَاحْفَظْ عَوْرَتَكَ إلَّا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ، قَالَ: قُلْتُ: فَإِذَا كَانَ الْقَوْمُ بَعْضُهُمْ فِي بَعْضٍ؟ قَالَإنْ اسْتَطَعْتَ أَنْ لَا يَرَاهَا أَحَدٌ فَلَا يَرَيَنَّهَا، قُلْتُ: فَإِذَا كَانَ أَحَدُنَا خَالِيًا؟ قَالَاللَّهُ تَعَالَى أَحَقُّ أَنْ يَسْتَحْيِيَ مِنْهُ رَوَاهُ أَحْمَدُ وَأَبُو دَاوُد وَالتِّرْمِذِيُّ وَحَسَّنَهُ

ބަހުޒް ބުން ޙަކީމް، އެކަލޭގެފާނުގެ ބައްޕާގެ އަރިހުން، ކާފަގެ އަރިހުން ރިވާކުރެއްވި ޙަދީޘްގައިވެއެވެ. ކާފަ (މުޢާވިޔަތު ބުން ޙައިދަތުލް ޤުޝައިރީ) ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “އޭ މާތް ﷲ ގެ ރަސޫލާއެވެ. އަހަރެމެންގެ ޢައުރައާމެދު އަހަރެމެން ކަންތައްކުރަންވީ ކިހިނަކުންތޯއެވެ؟ (ޢައުރަ ކަޝްފުކުރުމާއި ފޮރުވުން އޮންނަނީ ކޮން ޙާލަތްތަކެއްގައިތޯއެވެ) އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ތިބާގެ އަނބިމީހާއާއި މިލްކުވެގެންވާ އަޅު އަންހެނުންނަށް މެނުވީ ތިބާގެ ޢައުރައަށް ރައްކާތެރިވާހުށިކަމެވެ.” މުޢާވިޔަތު ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “ފިރިހެނަކު ފިރިހެނުންގެ ތެރޭގައި ކޮންފަދަތޯއެވެ؟ (ޢައުރަ ކަޝްފުކުރެވިދާނެތޯއެވެ)” ޙަދީޘްކުރެއްވިއެވެ. “ތިބާގެ ޢައުރަ ކަޝްފުނުކޮށްވާނެ ގޮތެއް އޮތްނަމަ ތިބާ މީހަކަށް ޢައުރަ ފެނުނަ ނުދޭހުށިކަމެވެ.” ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. “އަހަރެމެންގެ ތެރެއިން މީހަކު އެކަނި ހުރިނަމަވެސްތޯއެވެ؟” ޙަދީޘްކުރެއްވިއެވެ. “މީސްތަކުންނަށް ލަދުގަތުމަށްވުރެ، މާތް ﷲ އަށް (ބައްލަވާވޮޑިގަންނަވާނެކަމަށް) ލަދުވެތިވުން މާ ޙައްޤުކަންބޮޑުވެގެންވެއެވެ.”

 

އެކަހެރިވެ ހުންނައިރު ނިވާކުރުން އައުލާވެގެންވެއެވެ. ފެންވެރުން އަދި ހަށިގަނޑަށް ފިނިކޮށްލުން ފަދަ ޙާޖަތެއް މެދުވެރިވެގެން މެނުވީއެވެ.  الموسوعة الفقهية“(24/ 176).

 

ޚުލާޞާ: އެކަހެރިވެ ހުރި މީހާވެސް ނިދާއިރު ބަރަހަނާ ޙާލުގައި ނުނިދާ، ޢައުރަ ނިވާކޮށްލައިގެން ނިދުން ވާޖިބުވެގެންވެއެވެ. ޝަރީޢަތުގައި ބާރުއެޅިފައިވަނީ ކޮންމެހެން ޢައުރަ ކަޝްފުކުރަން ނުޖެހޭ ޙާލަތްތަކުގައި މެނުވީ އެހެން ހުރިހާ ޙާލަތެއްގައި ޢައުރަ ނިވާކުރުމަށެވެ.

 

މަރްޖިޢުތައް

https://islamqa.info/ar/answers/298227

https://islamqa.info/ar/answers/21388