
ޖަވާބު: الحمد لله والصّلاة والسّلام على رسول الله
ހުކުރު ދުވަހުގައި ފަރްޟު ރޯދަ ޤަޟާކުރުން ނަހީވެފައެއް ނުވެއެވެ. ނަހީވެފައިވަނީ ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހުކުރު ދުވަސް ޚާއްޞަކުރުމެވެ. އަދި ސުންނަތް ރޯދަ ހިފުމަށް ހަމައެކަނި ހޮނިހިރު ދުވަސް ޚާއްޞަކުރުމެވެ. ދެދުވަހުން އެއްދުވަހު ރޯދަހިފާމީހާ ހުކުރު ދުވަހާ އޭނާގެ ރޯދަ ދިމާވުމާއި، ބީޟުގެ ދުވަސްތަކުގެ ރޯދަ ހުކުރުދުވަހަކާ ދިމާވުމާއި، ރޯދަހިފުން ސުންނަތް ދުވަހެއް މިސާލަކަށް ޢާޝޫރާ ނުވަތަ ޢަރަފާތު ދުވަސް ހުކުރު ދުވަހަކާ ދިމާވުމާ، މިވެނިކަމެއް ވެއްޖެނަމަ ނަދުރު ރޯދައެއް ހިފަން ނަދުރު ބުނެފައި އޮއްވާ އެކަމެއް ޙާޞިލްވުމުގެ ސަބަބުން ހުކުރު ދުވަހު ނަދުރު ރޯދަހިފުން، އަދި ޤަޟާކުރަން ޖެހޭ ރޯދަ ހުކުރު ދުވަހުގައި ހިފުން، ކުރީން ދެންނެވުނު ނަހީން އިސްތިސްނާވެގެންވެއެވެ. ވީމާ، ޤަޟާ ރޯދައެއް ހަމައެކަނި ހުކުރުގައިވެސް ހިފިދާނެއެވެ. ބުރާސްފަތި ދުވަހު ރޯދަ ނުހިފާ ހަމައެކަނި ހުކުރު ދުވަހު ޤަޟާ ރޯދައެއް ހިފިދާނެއެވެ.
ފަތުވާގެ މަރްޖިޢު فتوى اللجنة الدائمة ج/10 ص/347.
والله أعلم