ޖަވާބު: الحمد لله والصّلاة والسَّلام على رسول الله
ވިތުރިކޮށް އަވަދިވެގެން سُبْحَانَ الْمَلِكِ الْقُدُّوسِ މި ޛިކްރު ކިޔުން ސުންނަތްވެގެންވެއެވެ. މި ޛިކްރު ކިޔާނީ ތިންފަހަރުއެވެ. ތިންވަނަފަހަރު އަޑު ހަރުކޮށެވެ. ނުވަތަ ފާޅުކޮށް ދަމާލައެވެ.
މީގެ ދަލީލަކީ އަންނަނިވި ޙަދީޘެވެ.
عن عبد الرحمن بن أبزى رضي الله عنه ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَقْرَأُ فِي الْوِتْرِ : ( سَبِّحِ اسْمَ رَبِّكِ الْأَعْلَى ) ، و( قُلْ يَا أَيُّهَا الْكَافِرُونَ ) ، و ( قُلْ هُوَ اللَّهُ أَحَدٌ ) ، فَإِذَا سَلَّمَ قَالَ : سُبْحَانَ الْمَلِكِ الْقُدُّوسِ . ثَلَاثَ مَرَّاتٍ ، يَرْفَعُ بِالثَّالِثِ صَوْتَهُ – رواه أبوداود الطيالسي في ” المسند ” (1/441) ، وابن الجعد في ” المسند ” (1/86) ، وابن أبي شيبة في ” المصنف ” (2/93) ، والإمام أحمد في ” المسند ” (24/72) ، وغيرهم ، بطرق كثيرة، وصححه غير واحد من المحدثين والمحققين ، كابن الملقن ، والألباني ، والشيخ مقبل الوادعي ، ومحققي طبعة الرسالة لمسند أحمد ، وغيرهم
ޢަބްދުއްރަޙްމާން ބުން އަބްޒާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިތުރީގައި سَبِّحِ اسْمَ رَبِّكِ الْأَعْلَى އާއި قُلْ يَا أَيُّهَا الْكَافِرُونَ އަދި قُلْ هُوَ اللَّهُ أَحَدٌ ކިޔަވާވިދާޅުވާކަމުގައިވެއެވެ. އެކަލޭގެފާނު ސަލާމްދެއްވުމަށްފަހު ތިންފަހަރު سُبْحَانَ الْمَلِكِ الْقُدُّوسِ މިފަދައިން ވިދާޅުވެއެވެ. ތިންވަނަ ފަހަރު ވިދާޅުވާއިރު އަޑުހަރުކޮށް ވިދާޅުވެއެވެ.
والله أعلم