މިފައިލްގެ ޕީޑީއެފް ފޯރމެޓްގައި ޑައުންލޯޑްކުރައްވާ
1 –” اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَـا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، فَإِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ ، وَلَا يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ”
رواه النسائي (1745) والترمذي (464) وأبو داود (1425) وابن ماجه (1178) وصححه الألباني في صحيح سنن النسائي
“ޔާ ﷲ! އިބައިލާހު ހިދާޔަތްދެއްކެވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް ހިދާޔަތްދައްކަވާނދޭވެ! އަދި އިބައިލާހު ފުރިހަމަ ޞިއްޙަތުދެއްވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް ފުރިހަމަ ޞިއްޙަތުދެއްވާނދޭވެ! އަދި އިބައިލާހު އެބަޔަކާ ޙަވާލުވެވޮޑިގެންނެވި މީސްތަކުންގެ ތެރޭގައި މިއަޅާއާވެސް ޙަވާލުވެވޮޑިގަންނަވާނދޭވެ! އަދި އިބައިލާހު ދެއްވި ތަކެތީގައި މިއަޅާއަށް ބަރަކާތްލައްވާނދޭވެ! އަދި އިބައިލާހު ނިންމެވި ކަމެއްގެ ނުބައިކަމުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! ފަހެ އިބައިލާހު ފައިޞަލާކުރައްވަމުއެވެ. އަދި އިބައިލާހުގެ ފައިޞަލާއާ ޚިލާފަށް އެއްވެސް ފަރާތަކަށް ފައިޞަލާއެއްނުކުރެވޭނެއެވެ. ހަމަކަށަވަރުން އިބައިލާހު ރަޙުމަތްތެރިވެވޮޑިގެންފި މީހަކު ނިކަމެތިނުވާހުއްޓެވެ. އަދި އިބައިލާހު ދުޝްމިނުވެވޮޑިގެންފި މީހަކު ޢިއްޒަތްތެރިނުވާހުއްޓެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އިބައިލާހުގެ މަތިވެރިކަމާއި އަރަހުށިކަމާއެވެ!”
2 – “اَللَّهُمَّ إِنِّيْ أَعُوْذُ بِرِضَاكَ مِنْ سَخَطِكَ وَبِمُعَا فَاتِكَ مِنْ عُقُوْبَتِكَ، وَأَعُوْذُ بِكَ مِنْكَ لَا أُحْصِيْ ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَىٰ نَفْسِكَ – رواه مسلم
“ޔާ ﷲ! ހަމަކަށަވަރުން މިއަޅާ އިބައިލާހުގެ ރުހިވޮޑިގަތުމުގެ ސިފަފުޅު މެދުވެރިކޮށް އިބައިލާހުގެ ކޯފާއިން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބައިލާހުގެ ޢަފޫކުރެއްވުގެ ސިފަފުޅު މެދުވެރިކޮށް އިބައިލާހުގެ ޢުޤޫބާތުން ރައްކާތެރިކޮށްދެއްވުމަށް އެދިދަންނަވަމެވެ. އަދި އިބައިލާހުގެ ޙަޟްރަތުންވާ ނުރުހުމަކުން ނުވަތަ ޢަޛާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބައިލާހުގެ ޙަޟްރަތަށް ދަންނަވަމެވެ. އިބައިލާހަށް ދަންނަވަންޖެހޭ ތަޢުރީފާއި ޘަނާ މިއަޅާއަށް ޢަދަދުނުކުރެވޭހައި ގިނައެވެ. އިބައިލާހީ އިބައިލާހުގެ އަމިއްލަ ޒާތުފުޅަށް ޘަނާ ވަޙީކުރެއްވި ފަދައިން ޘަނާ ލިބިވޮޑިންގެވާ ފަރާތެވެ.”
3 – ” اَللَّهُمَّ إِيَّاكَ نَعْـبُدُ وَلَكَ نُصَلِّيْ وَنَسْجُدُ وَإِلَيْكَ نَسْعَىٰ وَنَحْفِدُ نَرْجُوْ رَحْمَتَكَ وَنَخْشَىٰ عَذَابَكَ إِنَّ عَذَابَكَ بِالْكَافِرِيْنَ مُلْحِقٌ. اَللَّهُمَّ إِنَّا نَسْتَعِيْنُكَ وَنَسْتَغْفِرُكَ وَنُثْنِيْ عَلَيْكَ الْـخَيْرَ وَلَا نَكْفُرُكَ وَنُؤْمِنُ بِكَ وَنَخْضَعُ لَكَ وَنَخْلَعُ مَنْ يَكْفُرُكَ ” – رواه البيهقي في السنن الكبرى وقال صحيح موصول
“ޔާ ﷲ! އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ނަމާދުކުރަނީވެސް އަދި ސަޖިދަކުރަނީވެސް ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ގަދައަޅައި މަސައްކަތްކުރަނީ ހަމައެކަނި އިބައިލާހުގެ ޙަޟްރަތަށެވެ. އަދި އަޅަމެން އަވަސްވެގަންނަނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތަށެވެ. އިބައިލާހުގެ ރަޙްމަތަށް އަޅަމެން އުއްމީދުކުރަމުއެވެ. އަދި އިބައިލާހުގެ ޢަޒާބަށް ބިރުވެތިވަމުއެވެ. ހަމަކަށަވަރުން އިބައިލާހުގެ ޢަޒާބަކީ ކާފިރުންނާ ބައްދަލުކުރާނެ އެއްޗެކެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އަޅަމެން އިބައިލާހުގެ ޙަޟްރަތުން މަދަދަށް އެދެމުއެވެ. އަދި ފާފަ ފުއްސެވުމަށްވެސް އެދެމުއެވެ. އަދި އަޅަމެން އިބައިލާހަށް ރިވެތި ސަނާ ކިޔަމުއެވެ. އަދި އަޅަމެން އިބައިލާހަށް ކާފިރެއްނުވަމުއެވެ. އަދި އަޅަމެން އިބައިލާހަށް އީމާންވަމުއެވެ. އަދި އަޅަމެން އިބައިލާހަށް ހިތްތިރިކޮށް މަޑުމޮޅިވަމުއެވެ. އަދި އިބައިލާހަށް ކާފިރުވާމީހުންނާ އަޅަމެން ގުޅުން ކަނޑައިލަމުއެވެ.”
– މިއީ ވިތުރީގެ ޤުނޫތުގެ ގޮތުގައި ކިޔުމަށް ޞައްޙަގޮތުގައި ވާރިދުވެފައިވާ ދުޢާތަކެވެ.