ސުވާލު: ސިނގިރޭޓު ކުންފުންޏެއްގެ ލައިސެންސްގެ ދަށުން ވިއްކާ ސިނގިރޭޓު ވިއްކުމުގެ ހުކުމަކީ ކޮބައިތޯއެވެ؟
ޖަވާބު: ޙަމްދު ހުރީ ﷲ އަށެވެ.
ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ޙަރާމް ކަމެކެވެ. ހަމަ އެފަދައިން ދުންފަތް ހެއްދުމާއި، ދުންފަތުގެ ވިޔަފާރި ކުރުމަކީވެސް ޙަރާމް ކަމެކެވެ. އެއީ އެއިން ލިއްބައިދޭ ގެއްލުމުގެ ބޮޑުކަމުންނެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ.
( لَا ضَرَرَ وَلَا ضِرَارَ ) رواه أحمد وابن ماجه (2341) وصححه الألباني في صحيح ابن ماجه .
“ގެއްލުން ދިނުމެއްވެސް އަދި ގެއްލުން ލިބިގަތުމެއްވެސް ނުވެއެވެ.”
ހަމަ އެފަދައިން ދުންފަތުގެ އިސްތިޢުމާލު ކުރުން ވަނީ އަލް-ޚަބާއިޘްގެ (މުޑުދާރު ކަންތައްތައް/ތަކެތީގެ) ތެރެއިންނެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ކީރިތި ރަސޫލާ ސިފަކުރައްވާފައިވަނީ މިފަދައިންނެވެ.
( وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ ) الأعراف/157
“އަދި އެކަލޭގެފާނު ރަނގަޅު ތަކެތި އެއުރެންނަށް ޙަލާލް ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް ޙަރާމް ކުރައްވަތެވެ.” [އަލް-އަޢުރާފް 7:157]
އަދިވެސް މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.
( يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمُ الطَّيِّبَاتُ … ) المائدة/ 4 .
“އެއުރެންނަށް ޙަލާލް ކުރެއްވީ ކޮން އެއްޗެއްތޯ އެކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލް ކުރެއްވިއެވެ.” [އަލް-މާއިދާ 5:4]
ފަތާވާ އައް-ލަޖްނާ އައް-ދާއިމާ 31/13
من فتاوى اللجنة الدائمة ج13/31.