ފިރްޢައުނުގެ އަނބިމީހާގެ ވާހަކައިން ﷲ ތަޢާލާ ޖެއްސެވި މިސާލާމެދު ވިސްނާފިކުރުކޮށްލުން

އަންހެނަކު، އޭނާގެ ފިރިމީހާއަކީ ދުނިޔޭގައި ﷲ ލެއްވި އެންމެ ބޮޑު ޠާޣޫތުގެ އަނބިމީހާކަމުގައި ވީ ޙާލުވެސް، އޭނާގެ ދީނަށް ރައްކާތެރިވެ، ދީނަށްޓަކައި ބޮޑެތި އިމްތިޙާނުތައް ތަޙައްމަލުކުރިއެވެ. އެހެންކަމުން ތިބާގެ ދީން ވެއްޔާ މޮޑެ، ދީނުގެ މަގުން ކަސިޔާރުވުމުގެ ސަބަބެއް ކަމުގައި ތިބާގެ ފިރިމީހާ، އަނބިމީހާ، މަންމަ، ބައްޕަ، ދަރީން، ބޭބެއިން، ދައްތައިން، ކޮއްކޮއިން، ގާތްތިމާގެ މީހުން އަދި މުޖުތަމަޢު ނުހަދާށެވެ.

وَضَرَبَ اللَّـهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ- التحريم 11

“އަދި ފިރްޢައުނުގެ އަނބިމީހާގެ ވާހަކައިން، އިމާންވީ މީހުންނަށް ﷲ ތަޢާލާ މިސާލެއް ޖެއްސެވިއެވެ.”