އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ.

ﷲ ގެ ކުޅަދުންވަންތަކަމުގެ ކުރިމަތީގައި އެއިލާހުގެ ކޮންމެ މަޚްލޫޤެއް އެއިލާހު އިރާދަކުރައްވާ ކޮންމެ ކަމަކަށް ބޭނުން ކުރެވިގެން ދެއެވެ. އެއީ އިދިކޮޅު ދެކަން ކަމުގައިވިޔަސް މެއެވެ. މޫސާ ޢަލައިހިއްސަލާމުގެ ނަޖާކުރެއްވުން ކަމުގައިވި ސަބަބުން ފެން، ވެގެންދިޔައީ ފިރްޢައުނުގެ އައުވާނުން ހަލާކު ކުރައްވާ ޣަރަޤު ކުރެއްވުމުގެ ސަބަބަށެވެ.

މޫސާ ޢަލައިހިއްސަލާމުގެ މަންމައަށް ﷲ ތަޢާލާ އިލްހާމް ކުރެއްވިއެވެ.

فَلْيُلْقِهِ الْيَمُّ بِالسَّاحِلِ (طه 39)

“މޫސާ ލައިފާވާ ފޮށި ކޯރު ތެރެއަށް އެއްލާލާށެވެ.”

ފިރްޢައުނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

فَأَغْرَقْنَاهُمْ فِي الْيَمِّ (الأعراف 136)

“ފަހެ އަހުރެން، އެބައިމީހުން ކަނޑުގައި ޣަރަޤުކުރެއްވީމެވެ.”

އެކަކު ނަޖާވުމުގެ ސަބަބު އެއީ އަނެކަކު ހަލާކުވުމުގެ ސަބަބަކަށްވެސް ވެދާނެއެވެ. ހުރިހާވެސް ކަމަކީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ.